ads
ރޭ ބޭއްވި ޕީއެންސީ ޖަލްސާގައި ހީނާ ވާހަކަދައްކަވަނީ: ވިދާޅުވީ ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް -- ފޮޓޯ/ ޕީއެންސީ
ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން: ހީނާ
އިދިކޮޅު ފަރާތްތަކުން ސިއްހީ ހާލަތަށް ހަޖޫޖަހައި، މަލާމަތްކޮށް ހަދަނީ އިންސާނިއްޔަތު ކަމެއް ނެތީމައި ކަމަށް ސަރުކާރުގެ ތަރުޖަމާނު އަދި، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް ކުރިމަތިވި ބައްޔަކާ ގުޅުވައި، ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުނީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާ ކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ.

"ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފައަށް ވެސް ހަޖޫ ކިޔައި، އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ ވެސް ނެތީމައި،" ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ހީނާ ވިދާޅުވި އެވެ. 

ހީނާގެ އިދިކޮޅަށް ރައްދުދެއްވިއިރު، ކެންސަރު ބަލީގައި އޭނާ ވަރަށް ބަލިވެ އުޅުއްވިއެވެ. އެކަމަކު، ހިތްވަރާ އެކީ، މަސައްކަތުގައި ހީނާ އުޅުއްވިކަން ފާހަގަކުރެ ވެއެވެ.

އެތައް ހާސް ބަޔަކާ އެކު ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް އަމާޒުކޮށް، ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދަނީ އަންހެނަކަށް ވީތީ ކަމަށެވެ. އޭގެ ތެރޭގައި ހީނާ ފާހަގަކުރެއްވީ އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކެކެވެ.

އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ހީނާ ވިދާޅުވި ގޮތުގައި އެންސްޕާ ހިންގާނެ ތަނެއް ފިނޭންސް މިނިސްޓްރީން ހޯދަން އިއުލާންކުރީ އެ އޮންނަ އުސޫލުގެ ދަށުންނެވެ.

"ނަފްސާނީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ދޮގު ވާހަކަތަކެއް ދެއްކިދާނެ، އެކަމަކު އަޒުމު ގުޑުވާނުލެވޭނެ، މަސައްކަތުން ފަސްޖެހިވަޑައިނުގަންނަވާނެ" އެތައް ހާސް ބަޔަކާ އެކު ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވި އެވެ.

ހީނާ ވަނީ ރައީސް މުއިއްޒު، ވެރިކަމުގައި މިވީ ދެ އަހަރުތެރޭ ކޮށްދެއްވި ބައެއް ކަންކަން ފާހަގަކުރައްވައި، ސަރުކާރުގެ ކާމިޔާބީއާ ދޭތެރޭ އުފާފާޅުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް