ads
ޕީއެންސީ ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ފުނިޖައްސާފައި ހުރި ބިލުތަކަށް 444 މިލިއަން ރުފިޔާ ދީފިން: ރައީސް
ސަރުކާރުގެ މަޝްރޫއުތައް ހިންގާ މިދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ނުދައްކާހުރި 444 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސް މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭފައި ދީ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ.

ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި ރޭ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމެއް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސާރުކާރުން އިގްތިސާދު ހަމައަކަށް އަޅުވަމުން ދަނީ މިދިޔަ ސަރުކާރުން ނުދީ "ފުނިޖައްސާފައި އޮތް" ބިލުތައް ވެސް ދައްކަމުން ކަމަށެވެ.  އެގޮތުން ވައުދުވީ ގޮތަށް، މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ ބިލުތަކަށް ފައިސާ ދައްކަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ފަސް ހަފުތާ ވީތަނާ ފެށީ ބިލުތައް ދައްކަން. ފެށި ގޮތަށް މިއަދާ ހަމައަށް އައިއިރުގައި މިއަދުގެ މިގަޑިއާ ހަމައަށް އައި އިރުގައި ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. 1،040 ފަރާތަކަށް ފައިސާ ދީފިން. އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދައްކަމުން މި ދަނީ މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި، އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތަކަށް ކަމަށެވެ. އަދި އެ ފައިސާ މި ދައްކަނީ ވައުދުވެޑައިގެން ގޮތަށް ފައިސާ ޗާޕުނުކޮށްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ހަގީގީ މާނައިގައި ފުނިޖައްސާފައޭ އޮތީ ހަމަ... އެއީ ވެސް މިިދިޔަ ސަރުކާރުން އެކި މަސައްކަތްކުރުވާފައި. އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތަކޭ. އެ ހުރިހާ މީހުންނަށް ދޭންވާ ފައިސާދީ މި ނިންމަނީ ފައިސާ ޗާޕު ނުކޮށް. އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއްނޫން ފައިސާ ޗާޕު ކުރާކަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ގދ. ހޯޑެއްދޫގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތްކަމަށެވެ. އެ ފައިސާ ހަފްތާގެ ތެރޭގައި ދައްކާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް