ads
މަންދޫ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވާ ރައީސްގެ މެޗެއް ކުޅުއްވަނީ
މަންދޫ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވާ ރައީސްގެ މެޗެއް
އދ. މަންދޫ ފުޓްސަލް ދަނޑު ހުޅުވުމަށް މިއަދު ރަސްމިއްޔާތެއް ބާއްވައިފިއެވ.ެ
Advertisement

މި ރަސްމިއްޔާތުގައި އެ ދަނޑު ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި 

 ރައީސްގެ ނައިބު ހުސައިން މުހައްމަދު ލަތީފް އާއ،ި ކެބިނެޓު މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސަޢުދީ އާއ،ި މަންދޫ ކައުންސިލް މެމްބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވ.ިއެވެ. 

މަންދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ރައީސް ބައިވެރިވެވަޑައިގެން ފުޓްސަލް މެޗެއް ކުޅުއްވިއެވެ. މި އެކުވެރިކަމުގެ މެޗް ކުޅެވުނީ ސަރުކާރުގެ އިސްވެރިން ހިމެނޭ ޓީމާއި މަންދޫ ކައުންސިލް ޓީމާއި ދެމެދުގައެވެ. 

your imageއދ. މަންދޫ ފުޓްސަލް ދަނޑު

މި މަޝްރޫއޫގެ ދަށުނ،ް ބިންގަނޑު އެއްވަރުކުރުމާއ،ި ކޮންކްރީޓް މަސައްކަތްތަކާއ،ި ބައުންޑްރީ ފެންސް ޖެހުމާއި ކަރަންޓު މަސައްކަތްތައް ވަނީ ކޮށްފައެވެ. މި މަސައްކަތަކީ 1.47 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

510 މީހުންގެ އާބާދީއެއް އޮންނަ އދ. މަންދޫގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް