ads
އަލްވަދާއުގެ ޕޯސްޓަރު
އަލްވަދާއުއަށް މާދަމާ އެއީ ބޮޑު ދުވަހެއް
ޑާކްރެއިން އެންޓަޓެއިންމަންޓުން މި ވަނީ އެ ޕްރޮޑަކްޝަންގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައި އެވެ.
Advertisement

އެ ގޮތުން މާދަމާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "އަލްވަދާއު"ގެ ޓައިޓަލް ލަވަ ނެރެން ނިންމައިފި ކަމަށް އެ ޕްރޮޑަކްޝަން އިން ބުނެފި އެވެ.

އެ ޕްރޮޑަކްޝަން އިން ބުނާ ގޮތުގައި އެ ލަވަ ވެގެން ދާނީ ވަރަށް ވެސް އަސަރު ގަދަ އަދި ތަފާތު މޮޅު ލަވައަކަށް ކަމަށެވެ.

އެ ލަވަ ރިލީޒް ކުރަން ހަމަޖެހިފައި މިވަނީ މާދަމާރޭ 8:00 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ކަމަށް އެ ޕްރޮޑަކްޝަނުން މައުލޫމާތުދެ އެވެ.

ޑާކްރެއިން އިން ބުނީ މި ލަވަ ވެގެން ދާނީ "ހިތް ހަލާކުވެފައިވާ" ފަރާތަކުގެ ޓީމް ސޯންގަށް ކަމުގަ އެވެ.

އީސާ ޝަރީފްގެ ޅެމަކަށް ޑީއާރް ޕްރޮޑަކްޝަނުން މިއުޒިކް ހަދާދީފައިވާ މި ލަވައިގެ ސޯންގް މާސްޓަރިން ހަދައިދީފައިވަނީ ހުސައިން ތައުފީގް އެވެ.

މި ލަވަ ކިޔައިދީފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ އަހުމަދު އިޝާމްއަށް ވާއިރު މިއީ އޭނާ ދިވެހި ފިލްމަކަށް ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރެވެ.

ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ މުހިއްމު ރޯލުތަކުން ފެންނަ "އަލްވަދާއު" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓުތައް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް