ads
ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ފަށަން މޯލްޑިވިއަނަށް
ތައިލޭންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމައިފިއެވެ.
Advertisement

އެއާ އެމްބިއުލްންސްގެ ދަތުރުތައް ދުބާއީ އަދި ތައިލެންޑަށް ފަށަން ހަވާލުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާ އެވެ. 

މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީއާ އެންސްޕާއާ އައިލެންޑް އޭވިއޭޝަން މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އަހްމަދު ހަމްދާން ނާސިރު އެވެ. އެންސްޕާގެ ފަރާތުން ސީއީއޯ ހީނާ ވަލީދެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒުއެވެ. 

މޯލްޑިވިއަން އިން ބުނީ މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް މިހާރު އުފައްދާފައި ކަމަށެވެ. އަދި އެތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށްވެސް މޯލްޑިވަނުން ބުނެއެވެ.

ސިއްހީ ކުއްލި އެހީ ބޭނުންވެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން 1840 މީހަކު އެއާ އެމްބިއުލާންސްގައި މާލެ ސަރަހައްދަށް އުފުލާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ. 

ޑޭޝް 8 މާކާގެ އެއާކްރާފްޓެއް ބޭނުންކޮށްގެން ދެމުންދާ މި ހިދުމަތަށް 15 މުވައްޒަފުން ތަމްރީންކޮށްފައިވާއިރު، ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން އެ ޓީމުގައި ހިމެނެއެވެ. މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު 1 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް