އެގޮތުން ހަށިގަނޑުން ފެންނަ ނުފިލާ ވަރުބަލިކަމަކީ ކެންސަރުގެ ނުރައްކާތެރި އަލާމާތަކަށް ވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.
ސިއްހީ މާހިރުން ބަޔާންކުރައްވާ ގޮތުގައި، ހަށިގަނޑުން ނުފިލައި ހުންނަ ވަރުބަލިކަމުގެ އިތުރުން، އެއްވެސް ސަބަބެއް ނެތި ހަށިގަނޑުގެ ބަރުދަން ލުއިވުމާއި، ލިމްފް ނޯޑްތައް ދުޅަވުމަކީ ވެސް ސަމާލުވާންޖެހޭ މުހިންމު އަލާމާތްތަކެކެވެ. ނަމަވެސް، ގިނަ ފަހަރަށް މީހުންނަށް މިއީ އާންމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ވަރުބަލިކަމެއްގެ ގޮތުގައި ކުށްހީކުރެވޭ ކަމަށް މާހިރުން ފާހަގަކުރައްވަ އެވެ.
މިފަދަ އަލާމާތްތައް އާދައިގެ ވަރުބަލިކަމެއްގެ ގޮތުގައި އޮޅުންބޮޅުންވުމުގެ ސަބަބުން، ނުރައްކާތެރި ކެންސަރުގެ ބަލިތައް ދެނެގަތުން އިންތިހާއަށް ލަސްވެގެންދާ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ އިންޒާރު ދެއްވާފައެވެ. ދުނިޔޭގެ ލިމްފޯމާ ދުވަހު ސިއްހީ މާހިރުން ދެއްވި މި އިރުޝާދަކީ ކެންސަރުގެ މުހިންމު ދެނެގަތުންތައް ލަސްވިޔަނުދީ، އަވަހަށް ފަރުވާ ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ދެވުނު މުހިންމު މެސެޖެކެވެ.