ads
ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން
ކެންޔާއާ އިތުރަށް ގުޅުން ބަދަހި ކުރަން ސޮއިކޮށްފި
ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ކެންޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޯރިން އެންޑް ޑަޔަސްޕޯރާ އެފެއާސް ޑރ. މުސާލިއާ މުޑަވަޑީ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ބާއްވައ، ދެ ގައުމަށްވެސް އެންމެ ބޭނުންވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެއިން ކެންޔާއާއެކު ސިޔާސީ ގުޅުން ގާއިމުރީ 23 އޮކްޓޯބަރ 1995 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް