27000 ޓަނުގެ މި ތެޔޮ ޓޭންކަރުގައި މަސައްކަތް ކުރުމަށް ތަޖުރިބާކާރު ކްރޫއިން ހޯދުމަށް އެސްޓީއޯއިން މިހާރު ވަނީ އިއުލާންކޮށްފައެވެ.
އެސްޓީއޯއިން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި މެރިޓައިމް ދާއިރާއިން މެސްބޯއި ގެ މަގާމުން ފެށިގެން މާސްޓަރު ގެ މަގާމާއި ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި ފުރުސަތުތަކަކީ މަރިޓައިމް ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނުހަނު އަގުހުރި ފުރުސަތެއްކަމަށް އެސްޓީއޯއިން ބުނެއެވެ. މި މަގާމުތަކަށް މުސާރައިގެ ގޮތުގައި 16،000 ރުފިޔާއިން އިން ފެށިގެން 150،000 ރުފިޔާ (ވަޒީފާ އަދާ ކުރާ މަގާމަށް ބިނާކޮށް) ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ހުޅުވާލި ވަޒީފާތައް
މީގެ އިތުރުންވެސް ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މި މަގާމުތަކަށް އެކުންފުނީގެ ޖޮބް ޕޯޓަލް https://sto.mv/careers މެދުވެރިކޮށް މިހާރު ކުރިމަތިލެވޭނެއެވެ.