ޓްރަމްޕު އޮގަނައިޒޭޝަނުން މި ރިސޯޓް ރާއްޖޭޢގައި ހަދަނީ އެ ކުންފުންޏާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ރިއަލް އެސްޓޭޓް ކުންފުނި ޑާ ގްލޯބަލްއާ ގުޅިގެންނެވެ.
ޓްރަމްޕު އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި މި ރިސޯޓް ހަދަނީ ކޮން ރަށެއްގައި ކަމެއް ހާމަ ނުކުރި ނަމަވެސް އެ ރިސޯޓަށް ހުޅުލޭ އެއާޕޯޓުން ފުރައިގެން 15 މިނެޓުން ދެވޭނެކަމަށް ވަނީ ބުނެފައެވެ. 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހުންނާނެކަމަށް ބުނާ މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 2028ގެ ފަހުކޮޅު ކަމަށްވެސް ޓްރަމްޕު ކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.
މީ ޓްރަމްޕުގެ ކުންފުނިން ހަދާ ފުރަތަމަ ރިސޯޓެވެ. ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ޓޯކެން ވިއްކުމަށް ވަނީ ނިންމާފައެވެ.
މި ރިސޯޓާއި ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި، ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕު ވިދާޅުވީ، ރާއްޖެއަށް އެ ބްރޭންޑު ތައާރަފުވުކުރެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.