ހިތާމަވެރި ލޯބީގެ ވާހަކައެއް ކިޔައިދޭ މި ލަވައަކީ އަޑުއަހާލުމުން ހިތުގެ ފުނަށް އަސަރުކުރުވާ ފަދަ މޮޅު ލަވައެއްކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
މި ލަވަ ކިޔާފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ އަހުމަދު އިޝާމެވެ. މިއީ އޭނާ ފިލްމަކަށް ލަވަ ކިޔައިދިން ފުރަތަމަ ފަހަރު ކަމަށް ވުމުން، މިއީ އޭނާގެ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ލަވައިގެ ޅެން ހަދާފައިވަނީ އީސާ ޝަރީފެވެ. މިއުޒިކް އުފައްދާފައިވަނީ ޑީއާރް ޕްރޮޑަކްޝަނުން ކަމަށްވާއިރު، ލަވައިގެ މާސްޓަރިން ހަދާފައިވަނީ ހުސެން ތައުފީގެވެ.
ޝަހުދާ މަހުމޫދު (ޝަހޫ) ލިޔެ، ޗިއްޕެ ޑައިރެކްޓްކުރާ "އަލްވަދާއު"ގެ ލީޑް ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އާއި ޝަރަފެވެ. މީގެ އިތުރުން ދަރާ ރަޝީދު، ޝީލާ ނަޖީބް، އަދި އާއިޝަތު ލައިޝާ ލަތީފް ފަދަ ތަރިން ވެސް މި ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، 9911229 އަށް ގުޅައިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.