ހައިކޯޓު ހިންގުން ވަގުތީ ގޮތުން ޖަމީލްއާ ހަވާލުކުރިކަން ހައިކޯޓުންވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ހައިކޯޓުން ބުނީ، ކޯޓު ހިންގުން ވަގުތީ ގޮތުން ޖަމީލްއާ ހަވާލު ކުރަން ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޖަމީލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، 3 އޮގަސްޓް 2025 ގައެވެ.
ޖަމީލް މޫސާ، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ.