ads
އެއްމާބަނޑު ދެބެން ކަމަށްވާ، "ކެސްލާ ޓްވިންސް"ގެ ނަމުން މަޝްހޫރުވެފައިވާ އެލިސް އަދި އެލެން،
މަޝްހޫރު ކެސްލާ ޓްވިންސް 89 އަހަރުގައި މަރުވެއްޖެ
ލަވަކިޔުމާއި ނެށުމުގެ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދި އެއްމާބަނޑު ދެބެން ކަމަށްވާ، "ކެސްލާ ޓްވިންސް"ގެ ނަމުން މަޝްހޫރުވެފައިވާ އެލިސް އަދި އެލެން، އުމުރުން 89 އަހަރުގައި އެކުގައި ދުނިޔެ ދޫކޮށްލައިފި އެވެ.
Advertisement

ޖަރުމަނުގެ މިއުނިކްގައި ހުންނަ އެމީހުންގެ ގޭގައި ދެ މީހުން މަރުވީ އަމިއްލައަށް މަރުވުމުގެ ފުރުސަތު އޮންނަ (އެސިސްޓެޑް ސުއިސައިޑް) ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އެ ދެ މީހުންގެ އަމިއްލަ ނިންމުމެކެވެ. އަދި މިކަމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތްކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ނަވާރަ ސަތޭކަ ފަންސާހާއި ފަސްދޮޅަހުގެ އަހަރުތަކުގައި މުޅި ޔޫރަޕްގައި މަޝްހޫރުކަން ހޯދި މި ދެބެންގެ ފަންނުވެރިކަން ފެށިގެން އައީ ޅަ އުމުރުގައި ބެލޭ ޑާންސަރުންގެ ގޮތުގަ އެވެ. ފަހުން ޕެރިސް އަދި އެނޫންވެސް ބޮޑެތި ސިޓީތަކުގެ ސްޓޭޖްތަކުގައި ލަވަކިޔުމާއި ނެށުމުގެ ހުނަރު ދައްކާލައި ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. ފްރޭންކް ސިނާޓްރާ ފަދަ ދުނިޔޭގެ ވަރުގަދަ ފަންނާނުންނާއެކު މަސައްކަތްކޮށް، ފިލްމުތަކުންވެސް ޖާގަ ހޯދި މި ދެބެން މަޝްހޫރު ވެފައިވަނީ އަބަދުވެސް އެކުގައި ފެންނަ، އަދި ވަކިނުކުރެވޭ ވަރުގެ ބަދަހި ގުޅުމެއް އޮތް ދެބެންގެ ގޮތުގަ އެވެ.

މުޅި އުމުރު އެކުގައި ހޭދަކުރުމަށްޓަކައި ކައިވެންޏެއް ވެސް ނުކުރަން ނިންމި މި ދެބެންގެ ވަަސިއްޔަތަކަށްވީ މަރުވުމަށް ފަހު ވެސް ވަކިނުވެ ތިބުމެވެ. އެގޮތުން އެ ދެމީހުން އަންދާލުމަށްފަހު، އެއް ގުޅިއެއްގައި، މަންމަގެ މަހާނައާ އެކުގައި ބެހެއްޓުމަށް އެދިފައިވެ އެވެ. 

ޖަރުމަނުގެ ގާނޫނު އަސާސީން 2020 ވަނަ އަހަރު ލިބިދިން ބާރުގެ ދަށުން، ބަލި ހާލަތު ހުރިގޮތުން ނުވަތަ މުސްކުޅިވުމުން އަމިއްލައަށް މަރުވުމުގެ ހައްގު ބޭނުންކޮށްގެން މި ދެބެން ދުނިޔެއާ ވަކިވިއިރު، އެމީހުންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް