މިކަން ހަގީގަތަކަށް ވާނީ، މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމౌލީގެ އާ ފިލްމު 'ވަރަނާސީ' އަށް އޭނާ އެދިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ބޮޑު އަގާއެކުގައެވެ. ހަބަރުތައް ބުނާ ގޮތުގައި، މި ފިލްމަށް ޕްރިޔަންކާ ވަނީ 30 ކްރޯޑް ރުޕީސްގެ ފީއަކަށް އެދިފައެވެ. މިއީ ޕްރިޔަންކާ އާއި ރާޖަަަމަލީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ޕްރިޔަންކާ އެދިފައިވާ އަގަކީ ރާޖަމަލީގެ ފިލްމުތަކުގައި މަސައްކަތްކުރި އެހެން ބަތަލާއިންނާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. މިގޮތުން، އޭނާގެ 'އާރްއާރްއާރް' ގައި މަސައްކަތްކުރި އާލިއާ ބަޓް ނެގީ 9 ކްރޯޑް ރުޕީސްއެވެ. އަދި 'ބާހުބަލީ' ގައި މަސައްކަތްކުރި އަނުޝްކާ ޝެޓީގެ ފީއަކީ 5 ކްރޯޑް ރުޕީސްއެވެ.
މި ބޮޑު އަގާއެކު ޕްރިޔަންކާ ވާނީ މިވަގުތު ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ ކަމަށްވާ ދީޕިކާ ޕަޑުކޯން ވެސް ވާދަކޮށް އެންމެ މައްޗަށް އަރާފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ފިލްމީ ދާއިރާގައި އެންމެ މަތީ އަގު ލިބޭ ތަރިންގެ ލިސްޓުގެ އެއްވަނައިގައި އޭނާގެ މަގާމު ހަރުދަނާ ވެގެންދާނެއެވެ. ކުރިން 'އެސްއެސްއެމްބީ29' ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.