ads
ނޭނގި ހިތް ގެއްލުނީ - 44 ވަނަ ބައި
އެޕިސޯޑް 44
Advertisement

އިވުނު އަޑާއެކު ލިބުނު ހައިރާންކަމުން، ޝައްޔާންގެ ލޭ ނާރުތަކުގެ ހަރަކާތް ގަނޑުވެއްޖެ އެވެ. ބުނާނެ އެއްޗެއް ނޭގި، ދުލުން ބަސް ހުސްވެއްޖެ އެވެ. ކުރިމަތީގައި ހުރީ 'ކޮންމެވެސް މީހެއްގެ' ކުޑަކުޑަ ފުރާނައެކެވެ. އޭނާގެ އިސްކޮޅު ހަ ބަޔަށް ފަށްޖަހައިލިޔަސް، އެ ދަރުފުޅުގެ އިސްކޮޅާއި އެއްހަމަ ނުވާނެ އެވެ. ނަމަވެސް ތުއްތު ސިކުނޑިން ވިސްނާލާފައި، މޫނުމައްޗަށް ވެރިކޮށްލި އުފާވެރި ހިނިތުންވުމުގެ ފުރަގަހުގައި އޮތް މެސެޖް އަޑުއިއްވާލަމުން، ޝައްޔާން ފަދަ 'ޝަހްސިއްޔަތެއް'ގެ ދޫ ބަންދުކޮށްލައިފި އެވެ. އެފަދަ  ގާބިލްކަމެއް އާދައިގެ އިންސާނެއްގެ ކިބައިގައި ނުހުންނާނެކަމަށް ހެކިކުރުވާނެ އިތުރު މީހަކު ޝައްޔާން ބޭނުމެއް ނުވެ އެވެ. ޔަގީނެވެ. މި ކުޑަކުޑަ އަންހެން ކުއްޖާއަކީ 'އަޖައިބުން' ފުރިފައި ހުރި، ހަޒާނާއެކެވެ.

ގަދަކަމުން ނަމަވެސް ޝައްޔާންގެ ހައިރާންކަން ފޮރުވަމުން، އުފާވެރި ހިނިތުންވުމެއް ރައްދުކޮށްލި އެވެ. 

"ޕާރުސަލް ކުރެވިގެން މިތަނަށް މިއައީ އެންމެންނަށް ވަރަށް ސިއްރުން.. ބަޓް ޔޫ ލިޓްލް ޕްރިންސެސް، އެ ސިއްރުވެސް ހޯދައިފި.. އެކަކަށްވެސް އެނގުނަ ނުދީ، މިކަން ސިއްރު ކޮށްދެވިދާނެތަ..؟ އެހެން މީހުންނަށް އެނގިއްޖެއްޔާ އަހަރުމެން ދެމީހުންގެ އުފާވެރި މިވަގުތުކޮޅުވެސް ހަރާބު ކޮށްލާނެ.. އެންމެން އައިސް މި ސްޕާސްޓާރ ވަށާލާނެ.. ވަރަށް ބަނޑުހައިވެފައި މިހުރީ.. މި ސީކުރެޓް އެމީހުންނަށް އެނގިއްޖެއްޔާ، އެއްވެސް އެއްޗެއް ނުކައި މިތަނުން  ދެން ޖެހޭނީ ގެއަށް ދާން..!" ޑްރާމާ ގޮތެއް މޫނުން ދައްކާލަމުން، ކިސްވާގެ ކަންފަތާއި ދާދިކައިރިއަށް ތިރިވެފައި ޝައްޔާން ވާހަކަދެއްކީ ވައި އަޑުންނެވެ.

"ދާންޖެހޭނީ، އެއްވެސް އެއްޗެއް ނުކައި..؟" ދެ ލޯ ބޮޑުކޮށްލާފައި ކިސްވާ ސުވާލުކުރީ އޭނާގެ އަނގަމަތީގައިވެސް އަތް އަޅާފަ އެވެ.

"އެކްޒެކްޓްލީ..!" އެއްމިޔަކަނުން ހިނިއައިސްފައި ކިސްވާގެ ލޮލަށް ބަލައިލަމުން ޝައްޔާން ބުނެލީ ލޯބިގޮތަކަށެވެ. 

"ޑޯންޓް ވޮރީ" ޝައްޔާންގެ މޫނާއި ގާތްވެލާފައި ކިސްވާ ބުނެލަމުން ޝައްޔާންއަށް އިޝާރާތްކޮށްލީ، ކުރިއަށްވުރެންވެސް ކިސްވާއާއި ކައިރިވެލުމަށެވެ.

"ޔޯ ސިކުރެޓް އިޒް ސޭފް ވިތް މީ.. ޕާޕާ..!" ވައި އަޑުން، އެހެންނަމަވެސް އަކުރުތަށް ވަރަށް ސާފުކޮށް ކިސްވާ ބުނެލީ ޝައްޔާންގެ ކަންފަތާއި ވަރަށް ގާތްވެލާފައި އެވެ. 

ޝައްޔާންގެ މުޅި ހަށިގަނޑުގެ ހުރިހައި ހިމަ ލޯލިތަކެއް ކޮޅަށްޖެހި، ދެފައި ދަށުން ބިންގަނޑު ދެމިގެންހެން ހީވި އެވެ. އަރިއަޅައިލަފާނެކަމުގެ ބިރަށް ކިސްވާގެ ދެ ކޮނޑުގައި ހިފަހަށްޓާލެވުނެވެ.

"ވަޓް ޑިޑް ޔޫ ޖަސްޓް ކޯލް މީ..؟" އެސްފިޔައެއްވެސް ތަޅުވައިލަން ނޭގި ހުއްޓިފައި ހުރި، ޝައްޔާން ސުވާލުކުރި އެވެ.

މައުސޫމްކަމާއި ނިޔަނެތިކަމުން ފުރިގެންވީ، ބަލައިލުމަކާއެކު ކިސްވާގެ ދެ ކޮނޑު އަރުވާލި އެވެ. އެބުނި އެއްޗެއްގެ ބުރަދަނުގައި ސުމެއް އިންސައްތައިގެވެސް ބުރަދަނެއް ހުރިކަން ޝައްޔާންއަށް އިހްސާސް ކޮށްދޭން، ކިސްވާ ބޭނުން ނުވިކަން ޔަގީނެވެ.

"މާނައަކީ އަޅުގަނޑު، ސްޕާސްޓަރއަށް ޕާޕާއޭ ބުނާ އަޑު އިވިއްޖެއްޔާ، އެއްވެސް މީހަކު އެކަމާއި އަޅައެއް ނުލާނެ .. އެންމެންނަށް ހީވާނީ، ބަސްއަހާ، ބަސްއަހާ މި ޕްރިންސެސް، ބެސްޓްފްރެންޑާއެކު އައިސް މިއުޅެނީ އަސްލު ޕާޕާއާއެކު ކަމަށް ނޫންތަ..؟" ސްނޯ ބޯލްއަށް ބަލައިލަމުން، ކިސްވާ ބުނެލީ ބޮޑު މީހަކު އެފަދަ އެއްޗެއް ބުނެލާ ފަދައިންނެވެ. 

ލިބުނު ހައިރާންކަމުގައި ޝައްޔާން، ބޯ ދެފަރާތަކަށް ހޫރުވާލި އެވެ. އޭނާގެ ހިނިތުންވުން ސިއްރުކުރާން މަޖުބޫރުވީ، އޭނާއަށް ވުރެން އެތަށް ގުނައެއް ސްމާޓް، އަންހެން ކުއްޖަކާއި ދިމާވެއްޖެކަން އިހްސާސްވުމުންނެވެ. މިއީ ޝައްޔާންގެ ހަޔާތުގައި މިފަދަ ހާލަތެއް ކުރިމަތިވި، 'ދެވަނަ ފަހަރު' އެވެ.

ކިސްވާގެ ލޮލަށް، ފުން ނަޒަރަކުން ޝައްޔާން  ބަލައިލި އެވެ.

ކުޑަކަކޫމައްޗަށް ތިރިވެ، ކިސްވާ ޝައްޔާންއާއި ގާތްކޮށްލީ ނުހަނު ލޯބިންނެވެ.

"ވަރަށް ވަރަށް ސްމާޓް... ޕްރިންސެސް، އަބަދުވެސް ތިހައި ވިސްނުން ތޫނުތަ..؟" މަޑުމަޑު ފުށްކޮޅެއްފަދަ ކޮލުގައި ފިރުމާލަމުން ޝައްޔާން ސުވާލުކޮށްލީ، ނުހަނު ލޯތްބާއެކު އެވެ.

"އަބަދުވެސް..! އުފަންވީ އިރުވެސް..!" ފަހުރުވެރިކަމާއެކު ކިސްވާ ބުނެލި އެވެ. ބަށްޓަން ރީތި ދެ ލޮލާއި ކަޅިރަވައަށް އެ ގެންނަ ހަރަކާތްތަކަށް ޝައްޔާންއަށް ޝައުގުވެރިވި އެވެ.

"ޗޮކްލެޓް އައިސްކްރީމް، ބޭނުންތަ؟" ބޮޑު މީހަކު ކުޑަކުއްޖަކަށް ބުނާނެ ފަދައިން، ކިސްވާގެ އައިސްކްރީމް ޝައްޔާންއަށް ހުށަހެޅި އެވެ.

"މަނާ ކުރާންވީ ސަބަބެއް ނެތް..!" ދެކޮނޑު ހިއްލައިލަމުން ޝައްޔާން ބުނެލީ ތަފާތު ނަޒަރަކުން ކިސްވާއަށް ބަލައިލަމުންނެވެ.

ކުޑަކުޑަ ކިސްވާގެ ލޯބި އަތް، ޝައްޔާންގެ ދިގު އިނގިލިތަކުގެ ތެރޭގައި ރައްކާކޮށްލައިގެން މިސްރާބުޖެހީ އައިސްކްރީމް ކައުންޓަރަށެވެ. ދެމީހުންނާއި އެއްހަމައެއްގައި  ނިގޫ ތަޅުވަމުން، ސްނޯ ބޯލްވެސް ހިނގަމުންދިޔައީ އެއް މިސްރާބަކަށެވެ. މަންޒަރު ފެންނަ ލޮލެއްގެ އަމާންކަމަށްވެސް އެ ލޮބުވެތި މަންޒަރު ފުދޭ އެވެ. ނުތަނަވަސްވެ، ލޭ އޮހޮރުވަމުންދިޔަ ހިތެއްގެ ފަރުވާއަށްވެސް އެމަންޒަރުގެ ތަސްވީރު، ފުދޭނެ އެވެ.

"ސޯ، ސްޕާސްޓާރ ޕާޕާ، އައިސްކްރީމްގެ ފޭވަރިޓް ފްލޭވަރ..؟" ބުމައާއި ނިއްކުރިއާއި މުޅި މޫނުގެ ކުލަވަރުން ޑްރާމާގެ ހުނަރުތަށް ދައްކާލަމުން ކިސްވާ، ސުވާލުކޮށްލީ އެއަޑު އިވޭ ކަންފަތްތަކުގެ ސަމާލުކަންވެސް ލިބޭނެހައި ކުޅަދާނަކަމާއެކު އެވެ.

"ޗޮކްލެޓް ޗިޕްސް، އެންޑް ޔޯ'ޒް..؟" ޖަވާބާއެކު ޝައްޔާންގެ ސުވާލުވެސް ހުށަހެޅި އެވެ.

"ކުކީޒް އެންޑް ކްރީމް، ކޮޓުންކޭންޑީ.. އެންޑް އައި އޯލްސޯ ލައިކް،  ޗޮކްލެޓް ޗިޕްސް.. މާމަ ބުނީ، އެ އާދައާއި އެ ރަހަ އެއީ... އެއީ.. އުމްމްމް.. އަޅާނުލާ..!" ފަތިހަށް ފަރިވެ ފޮޅިފައިވާ ތާޒާ މަލެއް ފަދައިން، ހިނިތުންވަމުން ކިސްވާ ބުންޏެވެ.

"އެ އާދަ އާއި، އެ ރަހަ އެއީ..؟" ދެ ބުމަ ހިއްލާލަމުން ޝައްޔާން ސުވާލުކުރި އެވެ. 

"އެކަމާއި އަޅާނުލާ، އެއީ ބޮޑެތިކުދިންނާއި ބެހޭ ވާހަކައެއް.." ވިސްނުން ތޫނު، ބޮޑު މީހަކު ފަދައިން ކިސްވާ ވާހަކަދައްކަމުން ދިޔަ އެވެ.

"ބޮޑެތިކުދިންނާއި ބެހޭ ވާހަކައެއް...؟ އޯއއހހހ..! ވާހަކަ ތިދައްކަނީ ފަންސާސް އަހަރުގެ މާމައެއް ފަދައިން.." ބޯޖަހައިލަމުން، ކިސްވާއަށް ބަލައިލާފައި ޝައްޔާން ބުންޏެވެ.

"މިހާރު މާމައަށް ފިފްޓީ އިޔަރސް ވަނީ.. އެއީ މާމާއާއި ދެމީހުންގެ ސީކްރެޓް ޓޯކް.." ކުޑަކުޑަ ކިސްވާ ވާހަކަދައްކަމުން ދިޔައީ އޭނާއަށް ގުދުރަތުން ދެއްވާފައިވާ ހުނަރާއި، ރީތި ހުރިހައި ސިފައެއްގެ ފުރިހަމަ ބޭނުންކުރަމުންނެވެ. 

ދާދި ދެންމެ ބައްދަލުވި 'ކުޑަކުޑަ އެކުވެރިޔާގެ' ކޮންމެ ހަރަކާތަކަށް ޝައްޔާންގެ ޝައުގުވެރިކަން ހުއްޓިފައިވޭ އެވެ. ލޮލަށް ހަދައިލާ ލޯބި ގޮތްތަކާއި، އެއްބުމަ އަރުވާލާ ގޮތާއި، ތުންކޮޅު އޫކޮށްލާފައި އޭނާގެ ބާރުގެ ދަށަށް ހުރިހައި ކަމެއް ގެންނަ ކުޅަދާނަ ހުނަރަށް، ޝައްޔާންގެ ލޮލާއި ހިތް، ފަރިތަ ގޮތްތަކެއް ހުރިކަން އިހްސާސްކުރެވެމުންދިޔަ އެވެ. އެންމެ އިރުކޮޅަކަށްވެސް، އެ ކުޑަކުޑަ ފުރާނައާއި ދުރަށް ދިއުމަށް ޝައްޔާންގެ ހިތެއް އެއްބަހެއް ނުވި އެވެ.

ކިސްވާގެ ކޮންމެ ހަރަކާތެއް ހާއްސަ އެވެ. ކުދިކުދި ބަސްތަށް ބުނެލާ ހުނަރުވެރިގޮތާއި އަކުރުތަކާއި އަޑުގެ ސާފުކަމަށްޓަކައި އިންސާނަކު ހައިރާން ކުރުވާވަރު ވޭ އެވެ. ބަލައިލާ ކޮންމެ މީހެއްގެ ހިތް ފަތަހަ ކޮށްލުމަށް ފުދޭވަރުގެ 'ޑިންޕަލް'އެއް އޭނާގެ ދެ ކޮލުގައި އިނދެ އެވެ. ﷲތައާލާގެ ކުޅަދުންވަންތަ ހެކިތަކުގެ ތެރެއިން، އިންސާނުން އުފެއްދެވުމުގެ ރީތިކަމަށް ޝައްޔާން ވިސްނާލި އެވެ.

ވިސްނުން ތޫނު މި އަންހެން ކުއްޖާގެ ހުރިހައި ސިފައަކާއި މިޒާޖު ޝައްޔާންއާއި ގާތްކަމެއް ހުރިކަމަށް އޭނާގެ ހަވަނަ ހިއްސު ގަދަ އަޑުން ބުނަނީ އެވެ. މޭގައި އޮތް ހިތުގައި ތަފާތު ވިންދެއް އެކުލެވިއްޖެކަން  ޔަގީނެވެ.

އެ އިހްސާސާއި ޖަޒްބާތުތަކުގައި ލިޔެވިފައިވާ ހަގީގަތެއް، ޝައްޔާންގެ ސިކުނޑިއާއި ހަމައަށް ދަތުރެއް ނުކުރި އެވެ. ފެންނަމުންދިޔަ ސޫރައިގެ ހަގީގީ ސިފަތަށް ތަރުޖަމާކުރުމަށް ޝައްޔާންގެ ކުޅަދާނަކަމެއް ނެތްކަން އޭނާއަށް އިހްސާސްވަމުންދިޔަ އެވެ. ހަ ފަރާތުން ކުރަމުންދިޔަ މަޖުބޫރުގެ ހަގީގަތެއް ޝައްޔާންއަށް ނުވިސްނުނެވެ.

"ޕްރިންސެސް ، ވަޓްސް ޔޯ ނޭމް..؟" ކުއްލިޔަކަށް ކަމެއް ހަނދާންވެގެން އަހާލާފަދައިން ޝައްޔާން ސުވާލުކުރީ ކެއްތެރިކަން ކުޑަވެފައި އެވެ.

"ކިސްވާ.."

އަމިއްލަ ނަމަށް ފަހުރުވެރިވަމުން، އޭނާގެ ނަން ކިސްވާ ބުނެލި އެވެ. ދާދި ގާތުގައި އޮވެފައި ސްނޯ ބޯލް 'މިއައުއއ ލައްވާލީ' ހަމަ އެ ނަމަށް ފަހުރުވެރިވާކަން، ބުނެލުމަށެވެ.

"މިއީ ކިސްވާ..! މިއޮތީ ކިސްވާގެ ބެސްޓްފްރެންޑް، ސްނޯ ބޯލް.. ހީ ލައިކްސް ޔޫ" ބެސްޓްފްރެންޑް ސްނޯ ބޯލްވެސް ޝައްޔާންއަށް ތައާރަފްކޮށްދިނެވެ. ފުރަތަމަ  ތައާރަފާއެކު ސަލާމް ކުރުމަށް ދިއްކޮށްލާފައި އޮތް ކުޑަކުޑަ އަތުގައި ޝައްޔާން ހިފައިލާފައި ސަލާމްކޮށްލި އެވެ..

އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ އެންމެ ނަމެކެވެ.

'ކިސްވާ!'

"ކިސްވާ..؟" 

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް