ads
ފަނޑިޔާރު ނިޔާޒް
ހައިކޯޓު ފަނޑިޔާރު ނިޔާޒް ރިޓަޔަރކުރައްވަނީ
ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރު، މުހައްމަދު ނިޔާޒް، ފަނޑިޔާރުކަމުން ވަކިވާން ނިންމައިފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން، ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ވަކިވާން އެދި ނިޔާޒް ހުށަހެޅި ހުށަހެޅުން ޖޭއެސްސީންވަނީ ގަބޫލް ކޮށްފައެވެ. ނިޔާޒް ވަކިވަނީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރު ނިޔާޒްއަކީ، 2002 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެކެވެ. 23 އަހަރު ފަނޑިޔާރުކަމުގައި ހޭދަކުރެއްވި ނިޔާޒްވަނީ ޖޭއެސްސީގެ ނައިބު ރައިސްކަންވެސް ކޮށްފައެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް