ads
އޮލިވިއާ ރޫސްޓެން
ބަލްމޭން އަށް 14 އަހަރު ހިދުމަތް ކުރުމަށް ފަހު، އޮލިވިއާ ރޫސްޓެން ވަކިވެއްޖެ
ފްރާންސްގެ މަޝްހޫރު ފެޝަން ހައުސް، ބަލްމޭންގެ ކްރިއޭޓިވް ޑިރެކްޓަރުގެ މަގާމުގައި 14 އަހަރު ހޭދަކުރުމަށްފަހު، އޮލިވިއާ ރޫސްޓެން އެ މަގާމުން ވަކިވެއްޖެއެވެ.
Advertisement

މިއީ އެ ބްރޭންޑަށް އަންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށް ފެޝަން ދާއިރާގެ މާހިރުން ދެކެއެވެ.

ރޫސްޓެން ވަނީ 14 އަހަރުގެ ދިގު މުއްދަތެއްގައި ބަލްމޭންގެ ކްރިއޭޓިވް ހުރިހާ މަސައްކަތެއްގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން ބަލްމޭން އަށް ވަނީ ފެޝަންގެ ދުނިޔޭގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ.

ރޫސްޓެންގެ ވަކިވުމާއެކު ބަލްމޭންގެ ތާރީހުގެ މުހިއްމު ބާބެއް ނިމިގެން މި ދިޔައީއެވެ. މި ބަދަލަކީ އެ ފެޝަން ހައުސް އަށް އަންނާނެ ބޮޑު ބަދަލަކަށް ވާނެއެވެ. ދެން ބަލްމޭން އަށް އަންނާނެ ބަދަލުތަކަށާއި، އަދި ރޫސްޓެންގެ މުސްތަގުބަލަށް ފެޝަން ދުނިޔެ ދަނީ އިންތިޒާރު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް