ads
ފުލުހުން ބޮޑީ ކެމެރާއާއި އެކު
ބޮޑީ ކެމެރާ ގަތުމުގައި ކޮރަޕްޝަން އޮތްކަމަށް ބުނެ ނާޒިމު ހެދީ ދޮގު: ޒެޓާ
ފުލުހުންގެ ޔުނީފޯމުގައި އަޅާ ބޮޑީވޯން ކެމެރާ ގަތުމުގައި ވަކި މީހަކަށް ފައުދާ ހޯދައިދޭން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމު ދައްކާފައިވާ ވާހަކަތަކީ ދޮގެއްކަމަށް ބުނެ އެ ކެމެރާތައް ގެނައި ޒެޓާ އެންޓަޕްރައިޒަސް އިން ނާޒިމްގެ ވާހަކަތަކަށް ރައްދުދީފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަަކަ ދައްކަވަމުން އެ ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ނާޒިމް ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ބޮޑީ ކެމެރާތައް ގަތުމަށް ޒެޓާ އެންޓަޕްރައިޒަސް ހަވާލުކުރީ ވަކި ބަޔަކަށް ފައިދާ ހޯދާދިނުމުގެ ގޮތުންކަމަށެވެ. 

އެގޮތުން ޒެޓާ އެންޓަޕްރައިޒަސް ކުރިމަތިލުމުން ޓެންޑާ ބޯޑުން ނިންމީ އެ ކުންފުނި ޝަރުތު ހަމަނުވާ ކަމަށްކަމަށެވެ. އެހެން ނިންމާ ދެވަނަ ފަހަރަށް އިއުލާންކުރުމުން ޒެޓާ އެންޓަޕްރައިޒަސްގެ ހިއްސާދާރުން ޒެޓާ ޓެކްނޮލޮޖީސްގެ ނަމުގައި ކުންފުންޏެއް ހަދާ ބިޑް ކާމިޔާބުކުރިކަމަށް ނާޒިމް ވިދާޅުވިއެވެ.  އަދި ޕްރޮޖެކްޓްގެ އަގަކަށް 66 މިލިއަން ރުފިޔާ ދޫކުރި ނަމަވެސް އެންމެ ފުރަތަމަ އަގުގެ ގޮތުގައި ލަފާކޮށްފައި އޮތީ 12 މިލިއަން ރުފިޔާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

މި ވާހަކަތަކަށް ރައްދުދީ ޒެޓާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންނަށް ބޮޑީ ކެމެރާ ހޯދުމަށް ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީ ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައިވާކަން ދޭހަވާ ފަދަ މޭރުމަކުން އަހުމަދު ނާޒިމް ވާހަކަ ދައްކަވާފައިވަނީ ކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް ލިބިފައި ނެތިކަމަށެވެ.

އެގޮތުން އެ މަސައްކަތް ކުރުމަށް ޒެޓާ ޝަރުތު ހަމަނުވާކަމަށް ނާޒިމް ވިދާޅުވިއިރު އެ ކުންފުންޏަށް އެ ކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ހުރިކަން ސާބިތުވާނެ ލިޔެކިއުންތައް ހިމެނޭ ގޮތަށް ޓެންޑާއަށް އޭރު ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހެޅި ކަމަށް އެ ކުންފުނިން ބުނެއެވެ. 

އަގަށްވުރެ 18 މިލިއަން ރުފިޔާ ފަހުން ބޮޑުކުރިކަމަށް ނާޒިިމް ދެއްކެވި ވާހަކަވެސް ދޮގުކޮށް ޒެޓާއިން ވަނީ ރައްދުދީފައެވެ. 

އަގާއި ގުޅޭގޮތުން ޒެޓާއިން ފާހަގަކުރި ކަންތައްތައް

  • ސިންގަލް ސޯސްކޮށްގެން 1،200 ކެމެރާ ފޯރުކޮށްދޭން ޕްރޮޕޯޒަލް ހުށަހެޅި އަގުގެ ތެރޭގައި ކެމެރާތަކަށް ބޭނުންވާ އިތުރު ހާޑްވެއާއާއި، 3 އަހަރުގެ ވޮރެންޓީ ފޯރުކޮށްދިނުން، ޑިޖިޓަލް އެވިޑެންސް މެނޭޖުމަންޓް ސިސްޓަމަކާއި، ކެމެރާއާ ގުޅުންހުރި މެއިންޓެނެންސް އަދި ސަޕޯޓް 4 އަހަރަށް ފޯރުކޮށްދިނުން ހިމެނޭ. 
  • ބޮޑީ ވޯން ކެމެރާގެ ލައިވް ސްޓްރީމް މެދުކެނޑުމެއް ނެތި ބޭނުންކުރެވޭ ގޮތަށް އިންޓަނެޓްގެ ހަރަދުތަކާއި، ފުލުހުންނަށް އެ ކެމެރާ ބޭނުންކުރާ ގޮތުގެ ތަމްރީންތައް ދިނުމުގެ ހަރަދުތައް ވެސް ޕްރޮޕޯޒަލްގެ އަގުގެ ތެރޭގައި ހިމަނާފައިވާނެ.
  • ސިންގަލް ސޯސްކޮށްގެން ގެންދިޔަ ޓެންޑާގައި މަސައްކަތުގެ އަގުގެ ގޮތުގައި، ޕްރޮޕޯޒަލްގައި ހިމެނޭ ހުރިހާ ހިދުމަތާއި ޓެކްސް ވެސް ހިމަނައިގެން ހުށަހަޅާފައި އޮންނާނީ 66.4 މިލިއަން ރުފިޔާ.
  • ފުލުހުން އެ ތަކެތީގެ އަގު އަދާކުރުމަށް ވެސް، 4 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ލުއި ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާދީފައިވާނެ އަދި ތަކެތި ފޯރުކޮށްދިނީ ވެސް އެޑްވާންސްއަށް ފައިސާ ނެގުމެއް ނެތި. 

ޒެޓާއިން ނެރުނު ބަޔާނުގައި ބުނީ މި މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމެޓިން މިހާތަނަށް އެ ކުންފުނީގެ އެއްވެސް ބަހެއް ހޯދާފައި ނެތްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް