ads
ހައިކޯޓު
ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަނީ
ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބަލަން ފަށައިފިއެވެ.
Advertisement

ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަންނަނީ ބަލަން ފެށިނަމަވެސް އެކަމުގެ ތަފްސީލެއް ޖޭއެސްސީއަކުން ނުދެއެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް، މުހައްމަދު ފައިސަލް، ހުސެއިން މަޒީރު، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

މައްސަލަ ބަލަމުން އަންނަ ފަސް ފަނޑިޔާރުންގެ ތެރެއިން، މުހައްމަދު ނިޔާޒްވަނީ މަގާމުން ވަކިވާން ހުށަހަޅުއްވާފައެވެ.

އަދި ފަނޑިޔާރު ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ލިބިފައިވާއިރު، ފައިސަލްވަނީ ކުއްލި ގޮތަކަށް އިސްފަނޑީޔާރުކަމުގެ މަސްއޫލިއްޔާތު ތަކުން އިސްތިއުފާ ދެއްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް