ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް ހައިކޯޓުން ނުބުނެއެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ފައިސަލް މިއަދު އިސްތިއުފާ ދެއްވިއިރު، އޭނާ ހިމެނޭހެން ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭްއެސްސީން އަންނަނީ ބަލަމުންނެވެ.
ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަންނަނީ ބަލަން ފެށިނަމަވެސް އެކަމުގެ ތަފްސީލެއް ޖޭއެސްސީއަކުން ނުދެއެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް، މުހައްމަދު ފައިސަލް، ހުސެއިން މަޒީރު، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.