މި ކައިވެންޏަކީ ބޮލީވުޑްގެ ގިނަ ތަރިންނާއި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ވިޔަފާރިވެރިން އެއްތަނަކަށް ޖަމާވި ހަފުލާއެކެވެ. ނަމަވެސް އެ ކައިވެނި ހަފްލާގައި ކައިވެނި ކުރީ ކޮންބައެއްކަން ހާމައެއް ނުކުރެއެވެ.
މި ހަފުލާއަށް ޖެނިފާ ލޮޕޭޒް ހާޒިރުވުމާއެކު، މުޅި ހަފުލާއަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ. އޭނާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި އިންޑިއާގެ އެންމެ ބޮޑެތި ވިޔަފާރިވެރިންވެސް މި ކައިވެނީގެ ހަފުލާތަކުގައި ބައިވެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިއީ އިންޑިއާގައި މިފަހަކަށް އައިސް ބޭއްވޭ އެންމެ ތަރިބަރި އެއް ހަފުލާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ހޮލީވުޑާއި ބޮލީވުޑްގެ ތަރިންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރީގެ ދާއިރާގެ އެންމެ ނުފޫޒުގަދަ ބައެއް ފަރާތްތައްވެސް އުދ ޫރުގެ މި ހަފުލާއަށް ވަނީ އައިސްފައެވެ. މި ކަމުގެ ސަބަބުން މި ކައިވެންޏަކީ ހަމައެކަނި އާއިލީ ހަފުލާއަކަށްވުރެ ބޮޑަށް، ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓަކަށް ވަނީ ބަދަލުވެފައެވެ.