ގިނަ ދުވަސްތަކަކަށް ފަހު ހޮލީވުޑްގެ ބޮޑު ފިލްމެއްގައި ޑެޕް ހަރަކާތްތެރިވާން ހަމަޖެހިފައިވާއިރު، މިއީ އޭނާގެ ސަޕޯޓަރުން ވަރަށް އުފަލުން ބަލައިގަންނާނެ ހަބަރެކެވެ.
ޑެޕް މި ފަހަރު ފެނިގެންދާނީ ޑައިރެކްޓަރު ޓައި ވެސްޓްގެ ފިލްމެއް ކަމަށްވާ "އެބެނެޒާ: އަ ކްރިސްމަސް ކެރޮލް" އިންނެވެ. މި ފިލްމުގައި ޑެޕް އަދާކުރާނީ އެބެނެޒާ ސްކްރޫޖްގެ މައިގަނޑު ރޯލެވެ. މިއީ މަޝްހޫރު ކްރިސްމަސް ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމަކީ ޑެޕްގެ އެކްޓިން ކެރިއަރަށް އަލުން ދިރުމެއް ގެނެސްދޭނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭނާގެ ގާނޫނީ މައްސަލަތަކަށް ފަހު ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ދުރުގައި ހުރުމަށްފަހު، މިފަދަ ބޮޑު ރޯލަކުން ފެނިގެންދާތީ، އޭނާގެ ފޭނުން ދަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;