ads
2025 ވަނަ އަހަރު ހޮލީވުޑް އަށް ނުކުތް ބައެއް ފިލްމުތައް
2025 ވަނަ އަހަރު ހޮލީވުޑްއަށް ރެކޯޑު އަދަދަކަށް ފައިސާ
މި ހިނގާ 2025 ވަނަ އަހަރަކީ ހޮލީވުޑްގެ އުފެއްދުންތަކަށް ދުނިޔޭގެ ސިނަމާތަކުން ގިނަ އަދަދެއްގެ ފައިސާ ލިބި، ރަން އަހަރެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފިއެވެ.
Advertisement

މިއީ ހޮލީވުޑްގެ ތާރީހުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިކެޓް ވިއްކައިގެން ރެކޯޑް އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރު ހޮލީވުޑަށް މި ބޮޑު ކާމިޔާބީ ލިބުމުގެ މައިގަނޑު ސަބަބަކީ މަޝްހޫރު ފްރެންޗައިޒް ފިލްމުތަކާއި، ސުޕަހީރޯ ފިލްމުތަކާއި، އަދި ކުރީގެ ކާމިޔާބު ފިލްމުތަކުގެ ރިމޭކްތަކަށް ލިބުނު ބޮޑު ތަރުހީބެވެ. މިފަދަ ފިލްމުތަކަކީ އަބަދުވެސް ގިނަ ބަޔަކު ބަލަން ބޭނުންވާ ފިލްމުތަކަށް ވެފައި، 2025 ވަނަ އަހަރު ނެރުނު މިފަދަ އުފެއްދުންތަކުން ވަނީ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރުވާލާފައެވެ.

ހޮލީވުޑްގެ އުފެއްދުންތަކަށް މި އަހަރު ލިބުނު ކާމިޔާބީއަކީ ހަމައެކަނި އެމެރިކާގެ ބާޒާރަށް ހާއްސަ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް ޓިކެޓް ވިއްކުން އިތުރުވެ، ގްލޯބަލް ފެންވަރުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއީ ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމަކާއި ފައިދާއެއް ލިބިގެންދިޔަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް