ads
ކ. ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ބަދަލު ކުރާ އަމާން ހިޔާ މަރާމާތު ކުރަން އާރްޑީސީއާ ހަވާލު ކުރުން - ފޮޓޯ: އާރްޑީސީ
ވިލިމާލެ ހޮސްޕިޓަލް ހިންގުން ބަދަލުކުރާ އަމާން ހިޔާ މަރާމާތުކުރަން އާރްޑީސީއަށް
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކޮށް، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރާ އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމަށް ވިލިމާލޭ ހޮސްޕިޓަލާއި އާރްޑީސީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި ކަމުގެ އެއްބަސްވުމުގައި ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ. 

މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް އަދި އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ.

އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. އެ މަސައްކަތުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ދެ ގައުމުގެ ދެމެދު ސޮއިކުރީ މިދިޔަ މެއި މަހު އެވެ.

ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ އެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށާ ދެ އަހަރުން ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެ ހޮސްޕިޓަލު ތަރައްގީ ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަ ސެންޓަރަކާ އެކު އެވެ. މީގެ އިތުރުން، ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށް ދޭ ހާއްސަ ފަރުވާ އާއި ޑީކޯވާ މީހުންނަށް ދޭ ފަރުވާ އާއި އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް