ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ފައްޔާޒު އިސްމާއިލް
ސާލިހްގެ ޝުކުރު: ފައްޔާޒުގެ ދައުރުވީ ސަރުކާރު ހިންގާ އަދި އިދިކޮޅު ޕާޓީގެވެސް ދައުރަށް
އެމްޑީޕީގެ ޗެއާޕާރސަންގެ މަގާމުގައި ހުންނަވާ ފައްޔާޒު އިސްމާއިލް ކޮށްދެއްވި މަސައްކަތައް އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޝުކުރު އަފާކުރައްވައިފިއެވެ.
Advertisement

ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވާން ބޭނުންނުވާކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާފާސަން ކަމުން ފައްޔާޒު އިސްތިއުފާ ދެއްވީ ރޭގައެވެ.

ފައްޔާޒު އިސްތިއުފާ ދެއްވުމުން ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައްޔާޒު ޗެއާޕާސަންއަކަށް ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފައްޔާޒުގެ ދައުރު ވެގެންދިޔައީ އެމްޑީޕީ ވެރިކަން ކުރަމުން އިދިކޮޅޮގައިވެސް މަސައްކަތް ކުރި ދުވަސްވަރަކަށެވެ. އަދި އެ އުނދަގޫ ވަގުތުގައިވެސް ފައްޔާޒު ދެއްކެވި ހިތްވަރާ ކުރެއްވި ބުރަ މަސައްކަތައް ރައީސް ސާލިހް ވަނީ ޝުކުރު އަދާކުރައްވާފައެވެ.ވ

" މަނިކުފާނުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން އަޅުގަނޑު ފާހަގަ ކުރަމެވެ. އެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނެއެވެ. ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ 23 މެއި 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހު އެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް