ޑާކް ރެއިން އިން ބުނީ ރަށްރަށުގައި އަލްވަދާއު އަޅުވަން ބޭނުންފުޅުވާ ފަރާތަކުން 9111164 ނުވަތަ 7743399 އަށް ގުޅައިގެން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ މުހިއްމު ރޯލުތަކުން ފެންނަ "އަލްވަދާއު" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓުތައް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.
ޝަހުދާ މަހުމޫދު (ޝަހޫ) ލިޔެ، ޗިއްޕެ ޑައިރެކްޓްކުރާ "އަލްވަދާއު"ގެ ލީޑް ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އާއި ޝަރަފެވެ. މީގެ އިތުރުން ދަރާ ރަޝީދު، ޝީލާ ނަޖީބް، އަދި އާއިޝަތު ލައިޝާ ލަތީފް ފަދަ ތަރިން ވެސް މި ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، 9911229 އަށް ގުޅައިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަލްވަދާއުގެ ޕޯސްޓަރު
ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ.
އެ ޕްރޮޑަކްޝަންގެ ލޯބީގެ ފިލްމުތައް ބަލަންދާ އާންމު ރައްޔިތުންގެ ލޮލުން ކަރުނަ ނުހިލުމުމަކީ ނާދިރު ކަމެކެވެ.