ads
މައްޗަންގޯޅި ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ފްލެޓް ހަވާލުކުރަން އަނެއްކާ ވެސް ތާރީހެއް، ފްލެޓެއް އަތެއްވެސް ނުލަން: ރައީސް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓް ލިބުނު އެންމެނަށް ފްލެޓްތައް ހަވާލުކޮށް ނިންމަން އަނެއްކާވެސް އާ ތާރީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
Advertisement

މި އަހަރަށް އިއްވި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ 4،000 ފްލެޓް ލިބުނު އެްނމެން އެތަނަށް ވައްދާ ނިންމާނެކަމަށް ވިދާޅުވެ އޭރު ތާރީހެއް ދެއްވާފައެވެ. 

" ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓް ލިބޭ ފަރާތްތަކަށް ފެލްޓް ހަވާލުކުރަމުން ގޮސް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިގައި ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކޮށް ނިންމާލެވޭނެ." 2025 ވަނަ އަހަރަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ފްލެޓްތަކަށް މީހުން ވައްދާ ނިންމަން އަނެއްކާވެސް އާ ތާރީހެއް ދެއްވާފައެވެ. އެގޮތުން ރޭ ރައީސް މުއިއްޒު ވިދާޅުވީ 4،000 ފްލެޓް ލިބުނު އެންމެނަށް ފްލެޓްތައް ހަވާކޮށް ނިންމަން އަދި އަހަރެއްހާ ދުވަސް ނަގާނެކަމަށާއި 2027 ގެ ޖެނުއަރީގެ ކުރިން އެންމެނަށް ފްލެޓްތަކަށް ވަދެވޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ފްލެޓް ލިބުނު މީހެއްގެ އަތުން ފްލެޓް އަތުލާފައި ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ނުނިމޭ [ފުލެޓުތައް] ތަންތަންވެސް އައު ދިރާސީ އަހަރު ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން [އެފްޑީސީން] ދެއްވާފައި ވަނީ. މި ތަންތަންވެސް އަޅުގަނޑު އަތެއް ނުލަން." ރައީސް މުއިއްޒު ރޭ ވިދާޅުވިއެވެ.

4000 ފްލެޓް ލިބުނު އެއްވެސް މީހެއްގެ އަތުން ފުލެޓް އަތުނުލާކަމަށް ރައީސް ވިދާޅުވިނަމަވެސް ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ތިބި ބައެއް މީހުންނަށް ފްލެޓް ނުލިބިގެން އެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ. 

4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ލިސްޓު މިހާތަނަށްވެސް ނެރެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް