ads
ރައުދު
ރައުދަށް ހުކުމްކޮށްފި، އެކަމަކު އަދަބެއް ނެތް
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް އިތުރު އަދަބެއް ނުލިބޭ ގޮތަށް އެ މައްސަލައިގެ ހުކުމްކޮށްފިއެވެ.
Advertisement

ރައުދުގެ މައްޗަށް މިއަދު ހުކުމް ކުރިއިރު، އޭނާގެ ހުކުމުގެ މުއްދަތަށްވާ ވަރަށްވުރެ އިތުރަށް އޭނާ ބަންދުކޮށްފައި ކުރިން ހުރުމުން އޭނާގެ މައްޗަށް އިތުރު އަދަބެއް ނާދެއެވެ. 

ރައުދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އޭނާގެ އަދަބު 27 ދުވަހަށް ލުއިކޮށްދީފައިވެއެވެ. އަދަބު ލުއިކުރިއިރު، އެ މުއްދަތަށްވުރެ ގިނަ ދުވަހު ތަހުގީގު މަރުހަލާގައި ރައުދު ބަންދުކޮށްފައި ހުރުމުން އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭނެ އަދަބެއް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް