ads
ކަރެކްޝަންސް އިން ރިޓަޔާކުރެއްވި، އިބްރާހީމް މުހައްމަދު ދީދީ - ފޮޓޯ: ކަރެކްޝަންސް
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ރިޓަޔާ ކުރައްވައިފި
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުހައްމަދު ދީދީ ރިޔަޓާކުރައްވައިފި އެވެ.
Advertisement

އިބްރާހީމް މުހައްމަދު ދީދީ ވަނީ، އެކި މަގާމުތަކުގައި ކަރެކްޝަންސްއަށް 19 އަހަރު ހިދުމަތްކުރައްވާފަ އެވެ. އޭނާ ކަރެކްޝަންސްއާ ގުޅިވަޑައިގަތީ، 2006ގަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، އޭނާ ވަނީ، ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗެލާ ފެންވަރަށް ތައުލީމު ހާސިލްކުރައްވާފަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ ރިޓަޔާކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް ރިޓަޔާ ކުރެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޑެޕިއުޓީ ކޮމިޝަނާ ރިޓަޔާކުރެއްވީ އަމިއްލަ ސަބަބުތަކަށް ޓަކައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް