ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައިވަނީ ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށް ހިމަނާފައެވެ. 2009 ވަނަ އަގަރު ފާސްކޮށް އަމަލުކުރަމުން އަންނަ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު މިހާތަނަށް ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ދީފައެއް ނުވެއެވެ.
ނައިބު ރައިސްކަން ކުރެއްވި ބޭފުޅުންނަށް ދޭ ހިމަނާ އިނާޔަތް
މީގެއިތުރުން ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދެމުން އަންނަ ފައިސާ ކަނޑާލުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ. މި ހާރު ގާނޫނުގައި އޮންނަ ގޮތުން ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު 175،000 ރުފިޔާ ދެމުން އާދައެވެ.
ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދެމުން އަންނަ ފައިސާ ކަނޑާލުމަށް އަހަރަކު 10.5 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް ސަރުކާރުން ހުށައެޅި ބިލުގައިވެއެވެ. އެހެންނަމަވެސް ނައިބް ރައީސުންނަށް މާލީ އިނާޔަތް ދޭން ފެށުމުން އެކަމަށް 300،000 ރުފިޔާ ހަރަދުވާނެކަމަށްވެސް ބިލުގައިވެއެވެ. އަދި ނައިބު ރައީސުންގެ ބޭސް ފަރުވާގެ ހަރަދަށް އަހަރަކު 700،000 ހަރަދުވާނެ ކަމަށް ވެސް ބިލުގައި ވެއެވެ.