ads
އުރުވަޝީ ރޯޓޭލާ
ހަނގުރާމައިން ވަރަށް ބޮޑު ބިރުވެރިކަމެއް: އުރުވަޝީ ކުވެއިތުން ސަލާމަތްވި ގޮތް
ބޮލީވުޑް ތަރި އުރުވަޝީ ރޯޓޭލާ ކުވެއިތުގައި ހުއްޓާ، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވުމުން އޭނާ ސަލާމަތުން އެނބުރި މުމްބާއީއަށް އަތުވެއްޖެއެވެ.
Advertisement

އުރުވަޝީ ކުވެއިތަށް ދިޔައީ މަސައްކަތުގެ ބޭނުމަކު ކަމަށްވިޔަސް، އިސްރާއީލާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ބިރުވެރި ތަޖުރިބާތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެނބުރި ގައުމަށް އައުމަށްފަހު އުރުވަޝީ ސޯޝަލް މީޑިއާގައި ބުނީ، ކުވެއިތުން ފްލައިޓަށް އެރި ވަގުތު ކުއްލި ބިރުވެރިކަމެއް އިހުސާސްވި ކަމަށެވެ. މެދުއިރުމަތީގެ ސަލާމަތީ ކަންކަން ގޯސްވަމުން ދިޔަ ވަގުތު، ގައުމުން ބޭރުގައި ހުރުމަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އުރުވަޝީ ވަނީ އޭނާގެ އިހުސާސްތައް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ ތަރި ބުނި ގޮތުގައި، އޭނާ މުމްބާއީއަށް އެނބުރި އައީ ފްލައިޓަށް އެރުމަށްފަހު ކުރެވުނު ދުއާތަކާ އެކުގައެވެ. މަސައްކަތް ނިންމާލުމަށްފަހު ސަލާމަތުން ގައުމަށް އާދެވުމުން އޭނާ ވަނީ ހެއްދެވިފަރާތައް ޝުކުރު އަދާކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ އޭނާއަށް ހިތްވަރުދީ މެސެޖުތައް ފޮނުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;