ads
މޯލްޑިވިއަންގެ ކެބިން ކުރޫންތަކެއް
ގައުމީ އެއާލައިންގެ ކެބިން ކްރޫއަކަށް ވާން ބޭނުން، ވޯކިން އިންޓަވިއުތަކެއް ބާއްވަނީ
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ކެބިން ކްރޫއަށް ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންއއިން ބުނީ މި އިންޓަވިއުތައް އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ. އިންޓާވިއު ކުރިޔަށްދާނީ އެސްޓީއޯ ޓްރޭނިން ސެންޓަރުގެ ހަތަރު ފަންގިފިލާގައެވެ.

އިންޓަވިއު އޮންނަ ގަޑި

  • ހެނދުނު 09:30 އިން 14:30 އަށް

މި މަގާމަށް ކުރިމަތިލާ ދެ ޖިންސުގެ މީހުންގެ އިސްކޮޅުން ވަކި ދިގު މިނެއް ހުންނަން ޖެހޭކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އެގޮތުން ފިރިހެނެއްގެ ނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު، ހަތަރު އިންޗި ހުންނަން ޖެހެއެވެ. އަންހެނެއްނަމަ ފަސް ފޫޓު، ދެ އިންޗި ހުންނަންޖެހެއެވެ. 

your imageމޯލްޑިވިއަންގެ ކެބިން ކްރޫއެއް

މަގާމަށް ހޮވޭ ޝަރުތުތައް 

  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭ
  • އިނގިރޭސިންނާއި ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކަން އިނގެން ޖެހޭ
  • އޯލެވެލް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮންނަ މީހަކަށް ވާން ޖެހޭ
  • ސިއްހަތު ރަނގަޅު ދުޅަހެޔޮ މީހަކަށް ވާންޖެހޭ

އިންޓަވިއަށް ދާއިރު ގެންދަން ޖެހެނީ ތައުލީމީ ސެޓުފިކެޓްތަކާއި ސީވީގެ އިތުރުން ޕާސްޕޯޓު ސައިޒު ފޮޓޯއަކާއި މީހާ އެއްކޮށް ފެންނަ ފޮޓޯއެއްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި މި މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން ހެލްތު އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް ލިބޭނެކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް