ads
އަނިޔާއާ ކުރާ ފޮޓޯއެއް (ފޮޓޯ އިންޓަނެޓް)
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު 16 ދުވަހުގެ ހަރަކާތްތަކެއް ރާއްޖޭގައި ފަށައިފި
އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ އިންޓަނޭޝަނަލް ދުވަހާ ގުޅުވައިގެން، ޖިންސީ ތަފާތުކުރުމުގެ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި 16 ދުވަހުގެ ހާއްސަ ކެމްޕޭނެއް ރާއްޖޭގައި ފަށައިފި އެވެ.
Advertisement

ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ފެށި މި ކެމްޕޭނުގައި، ހާއްސަކޮށް އަންހެނުންނާއި އަންހެންކުދިންނަށް އަމާޒުވާ ހަށިގަނޑާނީ އަދި ޑިޖިޓަލް އަނިޔާތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި، ރާއްޖޭގެ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ގޭތެރޭގަ އާއި، ވަޒީފާގެ މާހައުލުގަ އާއި، މުޖުތަމައުގެ ތެރޭގައި އަދި އޮންލައިންކޮށްވެސް އަނިޔާއިން ރައްކާތެރިވެގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން އިސްކަންދޭކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން ޑިޖިޓަލް އަނިޔާގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށާއި، އޮންލައިންކޮށް ދިމާވާ ފުރައްސާރަ އާއި ކުރުން ފަދަ ކަންކަމުން މުޖުތަމައު ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސަރުކާރުގެ މި އަޒުމް ހަގީގަތަކަށް ހެދުމަށްޓަކައި ގާނޫނީ ގޮތުންވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ސައިބަކްރައިމް އަދި ޑިޖިޓަލް އަނިޔާގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނުލްއުގޫބާތަށް ހަ ވަނަ އިސްލާހު ގެނެސްފައިވެ އެވެ. މީގެ އިތުރުން، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޭ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އިންޓަނޭޝަނަލް އެއްބަސްވުމެއް ކަމަށްވާ އދ. ގެ ކޮންވެންޝަން އެގެއިންސްޓް ސައިބާ ކްރައިމްގައި ވެސް ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ. ރައީސް ވިދާޅުވީ ހަމައެކަނި ގާނޫނުތަކުން މިކަން ހައްލުނުވާނެ ކަމަށާއި، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ ވިސްނުން ބަދަލުކޮށް، ހޭލުންތެރިކުރުވުން މުހިންމު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް