އިމްރާން މިހެން ވިދާޅުވީ ފުލުހުންގެ ހައުސިން ޕްރޮޖެކްޓަކާ ގުޅިގެން އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ ކޮމިޓީއަކުން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތަށްޓަކައި ބޮޑެތި މުއައްސަސާތައް ރޫޅާލައި، އެ ތަންތަނުގެ ވެރިންގެ މެދުގައި މައްސަލަ އުފެދޭ ގޮތަށް އަމަލު ކުރުމަކީ ދައުލަތް ހިންގާ ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ ހުޝިޔާރުކަން ނެތުން ކަމަށެވެ.
ކަންކަން މިހާރު ދާ ގޮތަށް ކުރިއަށްދާ ނަމަ، މުއައްސަސާތަކުން ރައީސަށް ކިޔަމަންވުން ހުއްޓާލަފާނެ ކަމުގެ އިންޒާރު އިމްރާން ދެއްވިއެވެ. އޭގެ ބަދަލުގައި ވެރިކަމުގެ ނުފޫޒު އޮންނަ އެހެން ފަރާތްތަކުން މުއައްސަސާތަކުގެ މައްޗަށް ބާރު ފޯރުވަން ފަށާފާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑު ކުރަން ފާސްކޮށްފައެވެ.