ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ތެރެއިން
ފަހަތުގައި ދިވެހިން ތިބެ ވަގަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓްކުރަން އެދެފި
ފަހަތުގައި ދިވެހިން ތިބެ ގާނޫނާއި ހިލާފަށް ވަގަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓްކުރަން އެދި ހޯމް މިނިސްޓްރީން ނަމްބަރެއް ދީފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަމަށެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް ފާހަގަކުރެވޭކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

  • ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް
  • ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް

ހޯމް މިނިސްޓްރީން ބުނީ ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތައް މިހާރު އާއްމުކޮށް އިއުލާންކޮށްފައިވާނެކަމަށެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓްކުރުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ. 

ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

ރިޕޯޓްކުރަން ހަދަން ޖެހޭގޮތް 

  • ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއަށް ރިޕޯޓް ކުރުން
  • މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ރިޕޯރޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)
  • އިމިގްރޭޝަން. ވޮޗް އަށް ރިޕޯރޓްކުރުން

އެގޮތުން ލިބޭ މައުލޫމާތް، މިނިސްޓްރީއާ ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް