ads
ރައީސް ޔާމީން
ނުނަންގަވާ ކަމަށް ވިދާޅުވި އެލަވަންސްތައް ހޯދަން ޔާމީން އޮތީ އެދިވަޑައިގެންފައި
އޮފީސް ހިންގުމަށާއި ބޭސްފަރުވާ އަށް ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ވިދާޅުވިއިރު، ރައީސް ޔާމީން އޮތީ އެ ފައިސާ ހޯދުމަށް އެދިވަޑައިގެންފައިކަން އެނގިއްޖެއެވެ.
Advertisement

ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތްތަކާ ގުޅޭ ގޮތުން، ޔާމީންގެ ވެރިކަން ނޮވެމްބަރު 17، 2018 ގައި ބަދަލުވި ފަހުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ދޫކުރާ ބަޖެޓުގެ ތެރެއިން އެއްވެސް ފައިސާއެއް ނުނަންގަވާ ކަމަށާއި ބޭސްފަރުވާ އަށް ވެސް ފައިސާ ނުހޯއްދަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި ހަފްތާގައެވެ. 

އެކަމަކު، ރިޕޯޓްތައް ބުނާ ގޮތުން އޮފީސް ހިންގުމުގެ ހަރަދަށް ލިބެންޖެހޭ 14.7 މިލިއަން އެއްފަހަރާ ހޯދަން ޔާމީން ވަނީ ހުށަހަޅުއްވާފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން، ޔާމީން އޮފީސް ހިންގުމުގެ ހަރަދަށް ލިބެންޖެހޭ ފައިސާ ނަންގަވާފައި ނުވާ ވާހަކައަކީ ތެދެކެވެ. އެކަމަކު އެ ފައިސާ ހޯއްދަވަން މި މަހުގެ 10 ވަނަ ދުވަހު ސީދާ ޔާމީން ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީއަށް އެ އޮފީހުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް