ads
ކޮންކޮނާ ސެން ޝަރުމާ
ޑެންގީ ހުން ޖެހިގެން ކޮންކޮނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ބޮލީވުޑް ގެ މަޝްހޫރު އަދި ކުޅަދާނަ ބަތަލާ ކޮންކޮނާ ސެން ޝަރުމާއަށް ޑެންގީ ހުން ޖެހިގެން ހާލަތު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
Advertisement

މިކަން ހާމަކޮށް ކޮންކޮނާ ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އޭނާގެ ސަޕޯޓަރުންނާ ހިއްސާކޮށްފަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކުރި ވާހަކަ ކަށަވަރުކޮށްދެމުން ކޮންކޮނާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް މެދުވެރިކޮށް، ހޮސްޕިޓަލުގެ އެނދުގައި އޮއްވައި ނަގާފައިވާ އޭނާގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. މި ޕޯސްޓުގައި އޭނާ ވަނީ މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށާއި އަދި ސިއްހީ ހާލަތު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ކޮންކޮނާ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ހަމައެކަނި އަމިއްލަ ސިއްހީ ހާލަތު ހާމަކުރުމުގެ އިތުރުން، މި ދުވަސްވަރު ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާ މިންވަރަށްވެސް އަލިއަޅުވާލާފައިވެ އެވެ. މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި އޭނާ ވަނީ އެންމެންވެސް ރައްކާތެރިވެ ތިބުމަށް ހާއްސަ މެސެޖެއް ދީފަ އެވެ.

އެގޮތުން ޑެންގީ ހުމުގެ ނުރައްކާތެރިކަން ފާހަގަކުރަމުން ކޮންކޮނާ ވަނީ މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ކޮންމެ މީހަކުވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އެދި އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ކޮންކޮނާއަށް ބަލިޖެހި ހޮސްޕިޓަލުގައި ފަރުވާދޭން ފެށުމާއެކު، އޭނާއަށް ހެޔޮއެދޭ އެތައް ހާސް ސަޕޯޓަރުންނާއި ބޮލީވުޑް ގެ ފަންނާނުން އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ފޮނުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް