ads
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
ސަރުކާރުގެ އިސްލާހު އޮތީ މުޒާހަރާ ކުރާ މީހުންގެ ލައިސަންސު ވެސް އަތުލެވޭ ގޮތަށް!
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެހެން ގާނޫނަކާ ހިލާފުވުމުން ވެސް ލައިސަންސް ހިފެހެއްޓޭ ގޮތަށް މާއްދާއެއް އޮތުމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
Advertisement

މަޖިލީހުގައި މި ބިލަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ މި އިސްލާހު އޮތް ގޮތުން މުޒާހަރާކުރުން ފަދަ ހައްގުތަކުގެ ބޭނުންކުރާ ހާލަތްތަކުގައި ވެސް ލައިސަންސް ބާތިލް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ، ދަތުރުފަތުރުގެ ގާނޫނު ނޫން އެހެން ގާނޫނަކާ ހިލާފުވެއްޖެ ނަމަ ލައިސަންސް ހިފެހެއްޓުމާއި ބާތިލްކުރުމުގެ ބާރު އިދާރާތަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް ގާނޫނު އޮވެއްޖެނަމަ، ޓެކްސީ ޑްރައިވަރުން ހައްގު ހޯދަން ނިކުމެ ހަޅުތާލެއް ކުރިޔަސް ނުވަތަ އެއްވެ އުޅުމުގެ ތެރެއިން ހިނގާ ކަމަކާ ގުޅިގެން ވެސް ލައިސަންސް އަތުލުމުގެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

މި އިސްލާހުގައިވާ ގޮތުން، ލައިސަންސް ލިބިފައިވާ ފަރާތުން އަމަލުކުރަން ޖެހޭ އެހެން ގާނޫނަކާ ހިލާފުވުން ވެސް ބެލެވޭނީ ލައިސަންސް ހިފެހެއްޓިދާނެ ނުވަތަ ބާތިލް ކުރެވިދާނެ ސަބަބެއްގެ ގޮތުގަ އެވެ. ނާޒިލް ވިދާޅުވީ ދުއްވުމުގެ ގަވައިދާ ހިލާފުވުމާއި އެހެނިހެން ކަންކަން ވަކިކުރަން ޖެހޭނެ ކަމަށާއި، ކޮމިޓީ މަރުހަލާގައި މި ކަންކަމަށް ހައްލު ހޯދައި އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި އާންމު ހިދުމަތެއްގެ ގޮތުގައި ކުރާ ދަތުރުފަތުރުގެ ކަންކަމާ ގުޅޭ އުސޫލުތައް މީހުންނަށް އުނދަގޫ ނުވާނެހެން ބައްޓަން ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް