މިނިސްޓަރު މިހެން ވިދާޅުވީ މާލެ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކ. ތުލުސްދޫގައި ކުރިއަށް ގެންދާ "ކާފު ފޯރަމް" ފައްޓަވައިދެއްވައި ވާހަކަދައްކަވަމުންނެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން ކަށަވަރު ކޮށްދިނުމަކީ ގާނޫނު އަސާސީން ދީފައިވާ އެންމެ ބޮޑު އެއް ހައްގު ކަމަށެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާ އެކު، މި ނިޒާމު ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކައުންސިލްތަކުން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި މިފަދަ ފޯރަމެއްގެ ޒަރިއްޔާއިން މުހިންމު ކަންތައްތަކަކާ މެދު މަޝްވަރާ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ތުލުސްދޫގައި ކުރިއަށްދާ މި ފޯރަމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން ބިޒްނަސް ސެންޓަ ކޯޕަރޭޝަން ހިމެނެއެވެ. މި ފޯރަމްގައި ކަމާ ގުޅޭ އިދާރާތަކުން ހާއްސަ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ބައިވެރިވެވަޑައިގެން ކައުންސިލްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.