ads
ބިދޭސީން ދިރިއުޅެމުންދާ ތަނެއް--
ގިނަ އަދަދެއްގެ ބިދޭސީން ބަލިވެފައި ވަނީ ދިރިއުޅެން ޖެހިފައިވާ ހާލުގެ ސަބަބުން: އަލީ ނާޝިދު
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ އަދަދެއްގެ ބިދޭސީންނަށް ބަލި ޖެހިފައި ވަނީ އެމީހުންނަށް ދިރިއުޅެން ޖެހިފައިވާ ހާލުގެ ސަބަބުން ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު ވިދާޅުވެއްޖެ އެވެ.
Advertisement

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތާއި މެދު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާނެ ކަމަށާއި އަދި ވެސް ހަމަ އެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. 

މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޖުތަމައުގައި އުޅޭ އެންމެ ނާޒުކު މީހުންގެ ރައްކާތެރިކަން ވެސް ކަށަވަރު ކޮށްދީގެން ކަމަށް ނާޝިދު ވިދާޅުވި އެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން މިހާރު މައިގްރެންސް ރިލީފް ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވާފައި ވާނެ ކަމަށާއި މި ފަންޑުގެ އެހީގައި ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ބޭނުންވާ ޒާރުރީ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ނާޝިދު ފާހަގަކުރެއްވި އެވެ. އަދި މިހާރުވެސް ކާބޯތަކެތި ފޯރުކޮށްދިނުމާއި ކައްކާ ހެދޭ ތަންތަނުގައި އުޅޭ މީހުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންދާ ކަމަށް ނާޝިދު ވިދާޅުވި އެވެ. 

މީގެ އިތުރުން ރެޑް ކްރެސެންޓްގެ ފަރާތުން މިހާރު ކުރެވޭ ގިނަ މަސައްކަތްތައް މިހާރުކުރެވެނީ ބިދޭސީންނަށް އަމާޒު ކޮށްގެންކަން ފާހަގަ ކޮށް އެ ޖަމިއްޔާ އިން ބުނީ ބައްޔަށް ޝައްކު ކުރެވޭ ބިދޭސީން ބަދަލުކުރާ ފެސިލިޓީތަކަށް ރެޑްކްރެސެންޓުން ދަނީ ގޮސް އެތަންތަން ބަލަމުން ކަމަށެވެ. އެގޮތުން ދެ ފެސިލިޓީ އެއް ބެލުމަށް ފަހު ސަރުކާރަށް އަރުވަންޖެހޭ ލަފާ އަރުވާފައި ވާނެ ކަމަށް ރެޑް ކްރެސެންޓް އިން ބުނެއެވެ.

ރާއްޖެ އިން 519 މީހުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އަދި 265 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. 

ބިދޭސީން ދިރިއުޅޭ 20 އަށް ވުރެ ގިނަ ތަންތަން މިހާރު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، ބިދޭސީންނަށް ހާއްސަ 600 މީހުންގެ ޖާގައިގެ ފެސިލިޓީއެއް ވަނީ ގުޅީފަޅުގައު ހަދާފައެވެ. މި ފެސިލިޓީއަށް ބިދޭސީން ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް