އޭނާ ބުނެފައިވަނީ މި ފިލްމުގައި ފެންނަ ކެރެކްޓަރަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ރޯލެއް ނޫން ކަމަށާއި، އެ ކެރެކްޓަރާއި ޓްރަމްޕާ ގުޅުމެއް ނެތް ކަމަށެވެ.
މީޑިއާތަކުގައި އަޑުފެތުރިފައިވާ ގޮތުގައި ބްރޯލިން މި ފިލްމުގައި ކުޅެނީ އޭނާގެ ކުރީގެ އެކުވެރިޔާ ޓްރަމްޕް ސިފަވާ ގޮތަށް ހަދާފައިވާ ރޯލެކެވެ.
މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމަކަށްވާއިރު، ބްރޯލިން މިވަނީ އޭނާގެ ކެރެކްޓަރާއި ޓްރަމްޕާ އެއްވެސް ގުޅުމެއް ނެތްކަން ކަށަވަރުކޮށްދީފައެވެ. މިއާއެކު އޭނާ ވަނީ ޓްރަމްޕް ކޮޕީކުރަން އުޅޭކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް ނިމުމެއް ގެނެސް، ފިލްމުގައި ފެންނާނީ މުޅިން ތަފާތު ރޯލެއްކަން ހާމަކޮށްފައެވެ.