ސްޓެލްކޯގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި އެހީ ހަވާލުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދުއެވެ. ޕީއެސްއެމްގެ ފަރާތުން އެ ޗެކާއި ހަވާލުވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ޔާމިން ރަޝީދެވެ.
ޕީއެސްއެމުން އިސްނަގައިގެން "ސިލޯނާ އެކު ދިވެހިން"ގެ ނަމުގައި އިއްޔެ ހެނދުނު ފެށި މި ޓެލެތޯން މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މި ޓެލެތޯނަށް މިހާތަނަށް ވަނީ މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށް ޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.