ads
މަރުވި ފަސް ނޭވީ އޮފިސަލުން
އެހީ ފޯރުކޮށްދޭން އުޅުން ލަންކާ ސިފައިންތަކެއް މަރުވެއްޖެ
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އުޅުނު ލަންކާގެ ސިފައިންގެ ބަޔަކު މަރުވެއްޖެ އެވެ.
Advertisement

މަރުވެފައިވަނީ ލަންކާގެ ކަނޑުގެ ސިފައިންގެ ފަސް މީހުންނެވެ. 

މަރުވި މީހުންނަކީ ކުނޑިކުލަމް ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ހިންގި އޮޕަރޭޝަނެއްގައި ގެއްލިގެން ހޯދަމުން މީހުން ކަމަށް ލަންކާގެ ސިފައިން ވަނީ ކަށަވަރުކޮށްދީފަ އެވެ. 

އިއްޔެގެ ވަގުތެއްގައި އެ މީހުން ގެއްލުނީ ފެންބޮޑުވެފައިވާ މަގަކުން ފެންގަނޑު ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ސިފައިން ވަނީ ވަގުތުން ހާއްސަ ސާޗް އޮޕަރޭޝަނެއް ފަށައި އެ ސަރަހައްދަށް ސާޗް އެންޑް ރެސްކިއު ޓީމުތައް ފޮނުވާފައެވެ.

ކަނޑުގެ ސިފައިންގެ ތަރުޖަމާނު، ކެޕްޓަން ގަޔަން ވިކްރަމަސޫރިޔާ ވިދާޅުވީ ވަރަށް އުނދަގުލުން އެމީހުން ހޯދުމުގެ މަސައްކަތްކުރިއިރު، ފެނުނުއިރު އެންމެވެސް ތިބީ މަރުވެފައި ކަމަށެވެ.

ސްރީ ލަންކާއަށް އެރި ތޫފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ލަންކާ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި އޭގެ ޕައިލެޓް ވަނީ މަރުވެފައި އެވެ. 

ތޫފާނާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރެސްކިއު އެންޑް ސާޗު ޓީމުތަކުން ބައިވެރިވާއިރު، މިކަމުގައި ލަންކާގެ ފުލުހުންނާއި ސިފައިން ވެސް ދަނީ ބައިވެރިވެވަމުންނެވެ. 

ރިޕޯޓުތައް ފުރަތަމަ ބުނި ގޮތުގައި، ލަންކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުގައި ތިބި ފަސް ކްރޫ މެމްބަރުން ސަލާމަތްވި އެވެ.

ޕައިލެޓް ވިންގް ކޮމާންޑަރު ނިރްމަލް ސިޔަމްބަލަޕިޓްޔާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. 

ހެލިކޮޕްޓަރު ވެއްޓެއް ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުއްލިއަކަށް ހެލިކޮޕްޓަރު ކޮންޓްރޯލުން ނެއްޓިގެންނެވެ.

ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކާބޯތަކެތި ބަހައި މަގުތައް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ހާލަތުގައި ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ އާއިލާތަކުގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 350 އިން މައްޗަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) މިއަދު ވަނީ ބުނެފަ އެވެ. 

މިދިޔަ ހުކުރު ދުވަހު އެރި ދިތުވާ ތޫފާން އެރީ އިރުމަތީ އައްސޭރިފަށެވެ. ނަމަވެސް އެ ތޫފާން ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ. ލަންކާއަށް އެރި ތޫފާން "ދީތްވާ" މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށެވެ. އެ ތޫފާން މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެ އެވެ.

ލަންކާގައި 2003 ވަނަ އަހަރު ހިނގި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި 254 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް