ads
ޕޯލް ވޯކާ ދަރިފުޅާއެކު އަދި ވިން ޑީސެލް
އެކުވެރިޔާގެ މަރަށް 12 އަހަރު: ހާއްސަ މެސެޖުތަކެއް
ހޮލީވުޑްގެ މަޝްހޫރު ތަރި ޕޯލް ވޯކާ މަރުވި ހިތާމަވެރި ހާދިސާއަށް 12 އަހަރު ފުރުމާ ގުޅިގެން، އޭނާގެ އެންމެ ގާތް އެކުވެރިޔާ ވިން ޑީސަލް އާއި ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ ސޯޝަލް މީޑިއާގައި ހާއްސަ މެސެޖުތަކެއް ހިއްސާކޮށްފިއެވެ.
Advertisement

ޕޯލް ވޯކާ މަރުވީ ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ވިން ޑީސަލް ވަނީ ފިލްމުތަކުގެ މަސައްކަތް ކުރިއިރު ނަގާފައިވާ ބައެއް ފޮޓޯތައް އާންމުކޮށްފައެވެ. އަދި ޕޯލް ވޯކާ އާ އޮތް ގުޅުމަކީ ނިމުމެއް ނުވާ "އަހުވަންތަކަމެއް" ގެ ގޮތުގައި ވިން ޑީސަލް ސިފަކުރިއެވެ. ވިން ޑީސަލް އާއި ޕޯލް ވޯކާ އަކީ މަޝްހޫރު ފިލްމު ސީރީޒް "ފާސްޓް އެންޑް ފިއުރިއަސް" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އާއިލީ ގުޅުމެއް އޮންނަ ދެ ތަރިންނެވެ.

ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ ވެސް ވަނީ ބައްޕަގެ ހަނދާނުގައި އަސަރުގަދަ ވާހަކަަތަކެއް ހިއްސާކޮށްފައެވެ. މެޑޯ ބުނި ގޮތުގައި ބައްޕަ ނެތި 12 އަހަރު ހޭދަވެފައިވާއިރު، އަބަދުވެސް ބައްޕަ ދެކެ އިންތިހާއަށް ލޯބިވެއެވެ. ޕޯލް ވޯކާގެ މަރަށް ފަހު ވެސް ވިން ޑީސަލް އާއި މެޑޯއާ ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް ދަމަހައްޓާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް