ads
އެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރު: މި ތަން ހުންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކުރިން ހިންގި އިމާރާތުގައި - ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ ހޯލްސޭލް ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި
ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހައިން ހޯލްސޭލްކޮށް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި މިއަދު ހުޅުވައިފި އެވެ.
Advertisement

"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަ 2" ހުޅުވީ ކުރީގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގި އިމާރާތް ނުވަތަ މާލޭ ނޯތު ހާބަރުގެ ގޭޓު ކުރިމަތީގަ އެވެ.

އެސްޓީއޯގެ އައުޓްލެޓްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވަނޫ ބާޒާރަށް ނެރެފަ އެވެ. 

އަދި މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ހުރި އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.

your imageއެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރުގައި ވިއްކާ ބައެއް ބާވަތްތައި - ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން މާލޭގައި ހުޅުވި އާ ހޯލްސޭލް ފިހާރަ މެދުވެރިކޮށް، ދަނޑުވެރިން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތަކުން އުފައްދާ ބާވަތްތައް ވިއްކޭނެ ކަމުގެ ޔަގީންކަން ލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެ އެވެ،" އެސްޓީއޯ އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެ އެވެ.

އެސްޓީއޯ އިން ބުނީ، އެ ހުރިހާ ބާވަތްތައް އެ ކުންފުނިން މާލޭގައި ހިންގާ ދެ ފިހާރަ ކަމަށްވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މިހާތަނަށް ވެސް އައީ މެދުނުކެނޑި ވިއްކަމުން ކަމަށެވެ.

މިއަދު އަލަށް ހުޅުވި ހޯލްސޭލް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 މެންދުރު 12އަށް އަދި މެންދުރު 1 އިން ހަވީރު 5އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް