މި ކަށަވަރު ޕްރޮމޯ އިފްތިތާހްކޮށްފައި ވަނީ ކަށަވަރު ޝޯރޫމްގައި އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
"ކަށަވަރު ޕްރޮމޯ 2025" އަމާޒުކޮށްފައިވާނީ، އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
އެ ޕްރޮމޯޝަންގެ މުއްދަތުގައި، ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ގއ. ގދ. އަދި ށ. އަތޮޅަށް ޒިޔާރަތްކުރުމާއި އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑްތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެ އެވެ.
އެމްޓީސީސީން ވިދާޅުވީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.