ads
ކޮލަމްބޯގެ ބޭރުގައި އޮންނަ ކަޑޫވެލާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައި -- ފޮޓޯ/ އޭއެފްޕީ
ލަންކާ ވިއްސާރަ: ލެޕްޓޮސްޕައިރޯސިސް ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
ތޫފާން "ދިތުވާ"ގެ ސަބަބުން ވާރޭވެހި ފެނު އަޑީގައި އޮތް ލަންކާގައި ލެޕްޓޮސްޕައިރޯސިސް (ރެޓް ފީވާ) ފެތުރޭތީ ސަމާލުވުމަށް ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯއިން އެދިއްޖެ އެވެ.
Advertisement

މިކަމާ ގުޅިގެން ބިއުރޯއިން ވަނީ ނޯޓިސްއެއް ނެރެފަ އެވެ. އެ ނޯޓިސްގައި އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ގޮތްތައް އެ ބިއުރޯއިން ވަނީ ފާހަގަކޮށްފަ އެވެ.

ހެލްތު ޕްރޮމޯޝަން ބިއުރޯއިން އިތުރަށް ބުނީ ފެންބޮޑުވުމުގެ ކާރިސާގެ އަސަރު ކުރި މީހުންނަށް ފުލް ޕްރިވެންޓިވް ޓްރީޓްމަންޓް (ޑޮކްސީސައިކްލިން) ހިލޭ ލިބޭނެ ކަމަށެވެ.

ލެޕްޓޮސްފައިރޯސިސްގެ އަކީ މީދަލުގެ އާއިލާގެ ޖަނަވާރުން އުފެދޭ ބެކްޓީރިއާ އަކުން އިންސާނުންނަށް ވާސިލުވާ ބައްޔެކެވެ.

މި ބަލި ޖެހުމުން ހަށިގަނޑަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހީކެރުވުމާއި ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ހޮޑު ލެވުމާއި ބޭރަށް ހިންގުން އަދި ލޯ ރަތް ވުމަކީ ވެސް މި ބަލީގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

your imageލަންކާގައި ފެން ބޮޑުވެފައިވާ މަގަކުން ބަޔަކު ހިނގާފައި ދަނީ: އެ ގައުމަށް ތޫފާނުގައިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމަށް ދިވެހި ސިފައިންނާއި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައި. - ފޮޓޯ: އޭއެފްޕީ

ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 411 މީހަކު މަރުވެ، 338 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ވަނީ ބުނެފަ އެވެ. 

މިދިޔަ ހުކުރު ދުވަހު އެރި ދިތުވާ ތޫފާން އެރީ އިރުމަތީ އައްސޭރިފަށެވެ. ނަމަވެސް އެ ތޫފާން ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ. ލަންކާއަށް އެރި ތޫފާން "ދީތްވާ" މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށެވެ. 

ތޫފާނުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދެއް ފެނު އަޑީގައި އޮތް އިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައިޖެހިފަ އެވެ. އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު ބްރިޖްތަކާއި މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް