ads
އެލްޖީއޭގެ ސީއީއޯ ކަމަށް ނިމާލް އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެލްޖީއޭއަށް ވަގުތުން ކައުންސިލަރުން ސަސްޕެންޑްކުރުމުގެ ބާރު ދީފި
ލޯކަލް ގަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބޭނުންވެއްޖެ ހިނދެއްގައި، ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ބާރު އެ އޮތޯރިޓީއަށް ދީފިއެވެ.
Advertisement

މި ބާރު އެ އޮތޯރިޓީއަށް ލިބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ރައްޔިތުން މަޖިލީހުން ގެނައި 17 ވަނަ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރެެއްވުމުންނެވެ. މި އިސްލާހަށް އިއްޔެ އިން ފެށިގެން ވަނީ އަމަަލުކުރަން ފަށާފައެވެ. 

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލަރުންގެ އަދަދު މަދު ކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި އިސްލާހު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު، އެލްޖީއޭއަށް ކައުންސިލަރުން ވަގުތުން ސަސްޕެންޑް ކުރުމުގެ ބާރު ދިނުމަށް ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް ބިލު ދިރާސާކުރުމުގައި ކޮމެޓީ މަރުހަލާގައި ވަނީ ލޯކަލް ގަވަރުމަންޓް މިނިސްޓަރީގެ ދަށުން ހިންގާ އެލްޖީއޭއަށް މި ބާރުތައް ދީފައެވެ. 

 ގާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ އެލްޖީއޭއަށް ފާހަގަކުރެވޭ ކަމަކާއި ގުޅިގެން އެކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އެ ކަންކަމުގައި ޝާމިލުވި ކައުންސިލަރާ މެދު ނުވަތަ ރައީސްއާ މެދު ނުވަތަ މޭޔަރާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް އެ އޮތޯރިޓީއަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފެނިއްޖެ ނަމަ، އިންކުއަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ކައުންސިލަރާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށެވެ. 

ސަރޫކާރުން މެމްބަރުން ބުނީ މި ބަދަލު ގެންނަން ނިންމި ސަބަބަކީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލަރުން ކޮންމެ ކުށެއް ކުރިކަމުގައިވީ ނަމަވެސް، ފުރަތަމަ މަރުހަލާގައި ހަމައެކަނި ނަސޭހަތް ދޭން ޖެހޭތީކަމަށެވެ. އަދި އިތުރު ފިޔަވަޅެއް އެޅެނީ އެކަމެއް ތަކުރާރު ނުކުރާ ހާލަތުގައި ކަމަށް ގާނޫނުގައި ބުނާތީކަމަށްވެސް ގެނައި ބަދަލުގެ ސަބަބެއްކަމަށް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް