ads
އެޗްއާރުސީއެމް މެމްބަރުކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަންކުރުމުގެ ތެރެއިން
އެޗްއާރުސީއެމް މެމްބަރުކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަންކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކޮށްފިއެވެ.
Advertisement

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑރ. އާއިޝަތު ރަމީލާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ. 

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

އެޗްއާރްސީއެމަށް ރަމީލާ އައްޔަން ކުރަން ފާސްކުރި އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ ކޮމިޝަނަށް ދެ މެންބަރަކު އައްޔަންކޮށްފައިވެ އެވެ. އެއީ މ. ޕޮޕީ، މުހައްމަދު ޝަފީގް މަހުމޫދާއި އައްޑޫ ހުޅުދޫ، ސީބްރީޒް އަހުމަދު މަގުސޫމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް