ads
ސްކޫލް ޔުނީފޯމްތަކަށް ގެންނަ ބަދަލުގެ ނަމޫނާ
ޔުނީފޯމަށް ގެންނަ ބަދަލުގެ ނަމޫނާ ސްކޫލްތަކަށް ފޮނުވައިފި
އަންނަ އަހަރު ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ގެންނަ ބަދަލުގެ ނަމޫނާ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަތަކަށް ފޮނުވައިފިއެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑީއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ޔުނީފޯމް ހަތަރު ކުލަޔަކަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދު ހިމެނޭނެކަމަށާއި އޭގެ އިތުރުން ދެން ހިމެނޭނީ ނޫކުލަކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވެފައެވެ. 

ސްކޫލްތަކުގެ ޔުނީފީމްގެ ނަމޫނާ ހިމަނާ ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

your imageއެކްޓީވިޓީ ޔުނިފޯމަށް ގެންނަ ބަދަލުގެ ނަމޫނާ

ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުންގެ ބެޖު ހުންނަން ޖެހޭނީ ޔުނީފޯމުގެ ޖީބުގައި ހަރުކޮށްފައެވެ. ކީ ސްޓޭޖް 3 އަދި 4ގެ ދަރިވަރުން ޔުނީފޯމާއެކު ޓައި އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. ނަމަވެސް ކީ ސްޓޭޖް 5ގެ ދަރިވަރުންނަށް ޓައި އަކީ ޔުނީފޯމުގެ ބައެކެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މި ބަދަލާއި އެކު ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލަ މިތަނުން ކޮންމެ ކުލަޔަކަށްވެސް ެއެ ސްކޫލަކަށް ބަދަލުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ޔުނީފޯމަށް އަންނަ ބަދަލުތަކާއި އެކު ދަރިވަރުން ޔުނީފޯމް އެޅުމުގައި އެކުއްޖަކަށް ފަސޭހަ ގޮތްތަކެއް އިހްތިޔާރު ކުރެވޭނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އެގޮތުން ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ޔުނީފޯމަށް އަންނަ ބަދަލާއި އެކު އެކްޓީވިޓީ ޔުނީފޯމްވެސް ތައްވެސް ބަދަލުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް