2027 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ޔުނީފޯމް ބަދަލުކުރަން ނިންމފައިވާކަން އެޑިއުކޭޝަން މިނިސްޓަރު މިއަދު ވަނީ ހާމަކޮށްފައެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ޔުނީފޯމަށް ގެންނަ ބަދަލާއި އެކު ދަރިވަރުންނަށް އޮޕަޝަންތަކެއް ލިބިގެން ދާނެކަމަށެވެ. އެގޮތުން ސްކާޓް ލާން ބޭނުންވާ ދަރިވަރުންނަށް ސްކާޓްވެސް ލެވޭނެކަމަށާއި ބެގީ ނުކޮށް ދާން ބޭނުންވާ ކުދިންނަށް އެގޮތަށްވެސް ސްކޫލަށް ދެވޭނެކަމަށް މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑީއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ޔުނީފޯމް ހަތަރު ކުލަޔަކަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދު ހިމެނޭނެކަމަށާއި އޭގެ އިތުރުން ދެން ހިމެނޭނީ ނޫކުލަކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބަދަލާއި އެކު ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލަ މިތަނުން ކޮންމެ ކުލަޔަކަށްވެސް ެއެ ސްކޫލަކަށް ބަދަލުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.